މިއަންހެން މީހާއަށް އޭނާ މާބަނޑުކަން އެނގުނީވެސް ވިހަންވުމުން!

ކިޔުމަށް ހޭދަވާނީ 1މ 45ސ
މިއަންހެން މީހާއަށް އޭނާ މާބަނޑުކަން އެނގުނީވެސް ވިހަންވުމުން!
ބަލިވެ އިނދެ މައިވަންތަކަން އިޚުސާސް ކުރުމަކީ، އަންހެނެއްގެ ޙަޔާތުގައި އިޙުސާސް ކުރެވޭނެ އެންމެ އުފާވެރި ދުވަސްކޮޅެވެ. ބައެއް އަންހެނުންނަށް ޤަވާއިދުން މައްސަރު ކަންތައް ނުޖެހުމުގެ ސަބަބުން، ބަލިވެ އިންކަން އާންމުގޮތެއްގައި އިނގެނީ ދެމަހެއްވަރު ފަހުންނެވެ.

ނަމަވެސް ނިއުކާސްޓްލްގެ ޗާލޮޓް ތޮމްސަން އަށް ކަންތައް ދިމާވީ މުޅިން ތަފާތު ކޮށެވެ. އޭނާއަށް ޤަވާއިދުން މައްސަރު ކަންތައް ވެސް ދިޔައީ ޖެހެމުންނެވެ. އަދި އޭނާގެ ލޫޅާފަތި ހަށިގަނޑަށް ވެސް އެއްވެސް ބަދަލެއް ވެސް ނާދެއެވެ. ބަނޑުގައި ކުއްލިއަކަށް ރިއްސަން ފަށާ، އާދަޔާ ޚިލާފަށް ލޭފައިބަމުން ދިޔުމުން ހޮސްޕިޓަލަށް ދިޔުމުން، އެމީހުން ޗާލޮޓްއަށް ދިނީ އޭނާގެ މުޅި ހަޔާތުގައި ވެސް އޭނާ އެންމެ ހައިރާންވި ޚަބަރެވެ. އެއީ އޭނާ އިނީ ބަލިވެ ކަމަށާއި އެވަގުތު އޭނާ އިނީ ދުވަސްފުރި ވިހަން ތައްޔާރު ވެފައި ކަމަށެވެ.

އެއީ މީގެ ދެއަހަރު ކުރިއެވެ. މާބަނޑުކަން ނޭނގޭތީ އޭނާ ދިރިއުޅެމުން ގެންދިޔައީ ވެސް ހަމަ އާންމުކޮށް ދިރިއުޅެމުން ދިޔަ ފަދައިންނެވެ. އޭނާ ބުނި ގޮތުގައި މާބަނޑު ދުވަސްވަރު ގިނަ އަންހެނުން ތަޙައްމަލުކުރާ އެއްވެސް ކަމެއް އޭނާ އަށް ތަޙައްމަލު ކުރާކަށް ނުޖެހުނެވެ.

"އަހަރެން އިނީ ވިހަން ވެފައޭ ބުނީމަ ޤަބޫލެއް ވެސް ނުކުރެވުން. ބުނިން ތިއުޅެނީ އޮޅިގެންނޭ، ޕީރިއަޑްވެސް ކޮންމެ މަހަކުވެސް ވެއޭ، ދެން އެމީހުން ވަގުތުން ސްކޭން އެއް ހަދާފަ އަހަންނަށް ދެއްކީ. ވަރަށް ހާސްވި އެވަގުތު، އެއީ އަހަރެން ހުރީ ދަރިއަކު ހޯދަން އެއްވެސް ވަރަކަށް ތައްޔާރު ވެގެނެއް ނޫން. އެއްވެސް އެއްޗެއް ވެސް އަހަރުމެން ނުހޯދަން. އެކަމަކު ވިހެއުމުން އަހަރެންގެ އަތަށް މޮލީ (އަހަރެންގެ ދަރިފުޅު) ދިނުމުން ހުރިހާ ހާސްކަމެއް ވެސް ފިލައިގެންދިޔަ، އަދި ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެސްވި" ޗާލޮޓް ކިޔާދީފައިވެއެވެ.

ޗާލޮތް ބުނި ގޮތުގައި، މާބަނޑު ދުވަސްވަރު އޭނާގެ ދަރިފުޅު އޮތީ މޭކަށިގަނޑު ކައިރީގައި ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ. ބަނޑުން އެކަން ނުދެއްކީ އެހެންވެގެން ކަމަށް ވެސް ހޮސްޕިޓަލުން ބުނި ކަމަށް އޭނާ ބުންޏެވެ.
މިއަދު އޮންލައިން