މުސްލިމް އަންހެނުން ހަނގުރާމަކުރަންވީ ލާ ހެދުމަކާ ނޫން- ކުރިއަށް ދާނެ މަގުތައް ހޯދަން: ޕްރިންސަސް ރީމާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މުސްލިމް އަންހެނުން ހަނގުރާމަކުރަންވީ ލާ ހެދުމަކާ ނޫން- ކުރިއަށް ދާނެ މަގުތައް ހޯދަން: ޕްރިންސަސް ރީމާ
މުސްލިމް އަންހެނުން މިއަދު ހަނގުރާމަކުރަންވީ ލާ ހެދުމާއި މެދުގައި ނޫން ކަމަށާއި ކުރިއަށް ދާނެ މަގުތައް ހޯދަން ކަމަށް ސައުދިއަރަބިއްޔާގެ ޕްރިންސަސް ރީމާ ވިދާޅުވެއްޖެއެވެ.

ރީމާ ވިދާޅުވީ ކުރިއަށް ދިއުމަސްޓަކައި ކޮންމެހެން ބުރުގާ އާއި ހިޖާބަ ނަގަން ނުޖެހޭނެ ކަމަށެވެ. އެ އަންހެނަކު ބޭނުންވާ ގޮތަކަށް ހުރެގެން ކުރިއަށް ދެވޭނެ ކަމަށެވެ. "މިއަދު ވެސް މިފެންނަނީ އަޅާނެ ހެދުމުގެ މައްސަލައަކީ އެންމެ ބޮޑު މައްސަލައަށް ހަދައިގެން ޒުވާބުތައް އުފައްދާތަން. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން. އަދި މިއަދު މުސްލިމް އަންހެނުންނަށް އޮތް އެންމެ ބޮޑު މައްސަލައަކީ އަޅާ ހެދުމުގެ މައްސަލައެއް ވެސް ނޫން."

ރީމާ ވިދާޅުވީ އިސްލާމީ ތާރީޚަށް ބަލައިފިނަމަ ވެސް ފެންނާނީ އަންހެނުން އެންމެ ކުރީ ސަފުތަކުގައި ހަރަކާތްތެރިވިތަން ކަމަށެވެ. އެހެންކަމުން މިއަދުވެސް ހަމަ އެމަޤާމް ހޯދޭނެ ކަމަށެވެ.

ރީމާ ވިދާޅުވީ ސައުދިއަރަބިޔާގެ އަންހެނުންނާއި އަދި އެހެން ޤައުމުތަކުގެ އަންހެނުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އަމިއްލަ މަސައްކަތުން ދިރިއުޅޭ ބައަކަށް ވުމަށް ކަމަށެވެ. ލީޑަރޝިޕް ނަގައި އަމިއްލަ ނަފުސުގެ ވެރިކަމެއްގައި އުޅޭ ބައަކަށް ވުމަށް ކަމަށެވެ. އެ މަޤްޞަދު ޙާޞިލުކުރެވޭނީ ބޭކާރު މައްސަލަތައް ދޫކޮށްލައި ބިނާކުރަނިވި މަސައްކަތްތަކުގައި ވަގުތު ހޭދަކޮށްގެން ކަމަށެވެ.
މިއަދު އޮންލައިން