މިހުރިހާ މުޞީބާތެއް ޖެއްސުވީ އަހަރެން އިސްލާމް ދިން ޤަބޫލުކުރީތީ: ހާދިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މިހުރިހާ މުޞީބާތެއް ޖެއްސުވީ އަހަރެން އިސްލާމް ދިން ޤަބޫލުކުރީތީ: ހާދިޔާ
"މިހުރިހާ މުޞީބާތެއް ޖެއްސުވީ އަހަރެން އިސްލާމް ދީން ޤަބޫލުކުރީތީ" ކަމަށް ހިންދޫ ދީން ދޫކޮށް އިސްލާމް ދީން ޤަބޫލުކުރުމާއި ގުޅިގެން އަހަރަކަށްވުރެ ގިނަ ދުވަހު ތަފާތު ބޮޑެތި ދަތިތައް ކުރިމަތިކުރުވައި ގަންހިންގުވާފައިވާ އިންޑިއާގެ ލޯބީގެ ޖިހާދުގެ ބަޠަލާ، ހާދިޔާ ބުނެފިއެވެ.

ހާދިޔާ އާއި ޝާފިން ޖަހާންގެ ކައިވެންޏަކީ ޞައްޙަ ކައިވެންޏެއް ކަމުގެ ޔަޤީންކަން ދިއްލީގެ ސްޕްރީމް ކޯޓުން ދިނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ދެމަފިރިން ދިއްލީ އިން އެނބުރި ކޯޒިކޯޑެއަށް އައުމަށްފަހު ބުނީ އޭނާ އިސްލާމްވުމަށް ބޭނުންވުމުން ވެސް ގިނަ ޖަމާއަތްތަކަކުން އެކަމަށް ބިރުގަނެ އޭނާއަކީ އިސްލާމެއްކަން ކަށަވަރުކޮށްދޭން ފަސްޖެހުނު ކަމަށެވެ. "ޕޮޕިޔުލާރ ފްރޮންޓް އޮފް އިންޑިއާ އަހަރެމެންނާއެކު ތިބީ. އިސްލާމް ވުމުގައިވެސް ޝަރީއަތުގައިވެސް އެޖަމާއަތުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ."

ހާދިޔާ ބުނީ ކިތަންމެ ބޮޑު ޤްރްބާނެއް ވާންޖެހުނު ނަމަވެސް ފިރިމީހާއަށްޓަކައި އޭނާހުރީ ޤްރްބާންވާން ތައްޔާރަށް ކަމަށެވެ. "މިއީ ވަރަށް ތެދުވެރި ލޯބީގެ ގުޅުމެއް. މިކަމަށް ހުރަސްއަޅަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުކުރެވޭނެ." މީޑިއާއަށް ދެމަފިރިން އެކުގައި ތިބެ މައުލޫމާތު ދެމުން ހާދިޔާ ބުނެފައިވެއެވެ.

ހާދިޔާގެ މައްޗަށް ހުށަހެޅުނު މައްސަތަކުގެ ތެރެއިން އޭނާގެ ބައްޕަ ހުށަހަޅާފައިވާ "ދީން ބަދަލުކުރީ ގަދަކަމުން" ކަމަށް ބުނާ މައްސަލަ އަދިވެސް ގެންދަނީ ބަލަމުންނެވެ.
މިއަދު އޮންލައިން