ރައީސް ޒީ ޖިންޕިން ބޭނުންފުޅުހައި ދުވަހަކު ވެރިކަމުގަ ހުންނެވޭގޮތަށް ޤާނޫނު އަސާސީ އިޞްލާޙްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރައީސް ޒީ ޖިންޕިން ބޭނުންފުޅުހައި ދުވަހަކު ވެރިކަމުގަ ހުންނެވޭގޮތަށް ޤާނޫނު އަސާސީ އިޞްލާޙްކޮށްފި
ޗައިނާގެ ރައީސް ޒީޖިންޕިންއަށް އެމަނިކުފާނު ބޭފުޅުހައި ދުވަހަކު ވެރިކަމުގައި ހުންނެވޭ ގޮތަށް ޗައިނާގެ ޤާނޫނު އަސާސީ ބަދަލުކޮށްފިއެވެ.

މިއަދުގެ ބަދަލާއި ގުޅިގެން ރައީސް ޒީ ޖިންޕިންއަށް އުމުރުފުޅުގައިވެސް ޗައިނާގެ ވެރިކަމުގައި ހުންނެވިދާނެއެވެ. އަދި ބޭނުންފުޅު ނަމަ އިސްތިއުފާވެސް ދެއްވިދާނެއެވެ.

މީގެ ކުރިން ޗައިނާގެ ޤާނޫނު އަސާސީއަށް ބަދަލުގެނެސްފައިވަނީ މީގެ 14 އަހަރުކުރިން 2004 ވަނަ އަހަރުއެވެ.

ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވެފައިވަނީ މިފަދަ ބަދަލެއް ގެނައުމަށް ތާއީދުކުރެއްވީ ރައީސް ޒީ ޖިންޕިންގެ ޒަޢާމަތުގައި ޗައިނާއަށް ޚާއްޞަކޮށް ޗައިނާގެ އިޤްޠިޞާދަށް ލިބިފައިވާ ކުރިއެރުއެރުން ފާހަގަކުރައްވާތީ ކަމަށެވެ.

މީގެ އިތުރުން ޗައިނާއިން ކޮރަޕްޝަން ނައްތައިލުމަށް ރައީސް ޒީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ޤައުމުތަކާއި ގުޅިވަޑައިގެން އެހެން ޤައުމުތަކަށް ކުރިއެރުން ހޯއްދަވައިދެއްވަން ރައީސް ޒީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްވެސް މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން