ޝާރުޖާއިން އިސްތަންބޫލަށް ދަތުރުކުރި ފްލައިޓެއް ފަރުބަދައެއްގަ ޖެހި ގޮވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ޝާރުޖާއިން އިސްތަންބޫލަށް ދަތުރުކުރި ފްލައިޓެއް ފަރުބަދައެއްގަ ޖެހި ގޮވައިފި
ޔޫއޭއީގެ ޝާރުޖާއިން ތުރުކީގެ އިސްތަންބޫލަށް ދަތުރުކުރި އަމިއްލަ ޖެޓެއް އީރާނުގެ ފަރުބަދައެއްގައި ޖެހި ގޮވައިފިއެވެ. ސަބަބެއް ކަމަށް ބެލެވެނީ މޫސުން ގޯސްވެ ވެހެމުންދިއަ ބޯވާރޭގައި ބޯޓުޖެހި މަގުން ކައްސައިލުމެވެ.

ބޯޓުގައި ތިބީ 11 މީހުންނެވެ. އެމީހުންނާއިބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ. އީރާނުން ބުނީ އީރާނުގެ ފަރުބަދައެއްގައި ޖެހި ގޮވުމުން ހުޅުފަޅައިގެންދިއަ މަންޒަރު ފެނިފައިވާ ކަމަށެވެ.

ހާދިސާ ހިނގާފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. މީހުން ސަލާމަތްކުރެވޭތޯ އީރާނުގެ ޚާއްޞަ ޓީމެއް ފަރުބަދައަށް ދިއުމަށް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
މިއަދު އޮންލައިން