ތަފާތު ފައިދާތަކާއި އެންމެ ފުރިހަމަ ކަސްޓަމަރ ސާވިސްއާއެކު އުރީދޫ މޯލްޑިވްސް އިން އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކެއް މިއަދު ތަޢާރަފް ކޮށްފިއެވެ.
އުރީދޫގެ ބްރޭންޑް އެމްބެސެޑަރ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވެސް އެކު މިއަދު ތަޢާރަފް ކުރެވުނު މިޕެކޭޖު ޕްލޭންގައި އިތުރު އެކްސެސް ޗާޖަކާއި ނުލާ ބޭނުންކުރެވޭ އަންލިމިޓެޑް ޑޭޓާ އާއި އުރީދޫ ނެޓްވޯކްގެ ތެރޭގައި އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ގެ ޚިދުމަތުގެ އިތުރުން މުޅި ދިވެހި ރާއްޖޭގައި ބޭނުންކުރެވޭ 4G+ ނެޓްވޯކު ލިބުން ހިމެނެއެވެ.
"އުރީދޫ އިން އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުމަށް. އެގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަ ފެށީ 2G އަދި 3G ނެތްވޯކުގެ ޚިދުމަތް ދިނުމަށް. އަދި މިހާރު އަޅުގަނޑުމެން މިދަނީ އަލްޓިމޭޓް 4G އަދި 4G+ ނެޓްވޯކްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެމުން. އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެންމެ ފުރިހަމަ ޙައްލެއް ހޯދައިދިނުމަށް. އެގޮތުން އަންލިމިޓެޑް ކޯލް އަދި ޑޭޓާ ހިމެނޭގޮތަށް، އެންމެ އެކަށޭނެ ހެޔޮ އަގުތަކެއްގައި މުޅިން އާ ޕޯސްޓް ޕެއިޑް ޕެކޭޖުތަކެއް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް" އުރީދޫގެ ސީއީސޯ ނަޖީބު ޚާން ވިދާޅުވިއެވެ.