ލަންކާގައި މުސްލިމުންނަށް އިންސާފު ހޯދާދިނުމަށް އދ. އިން ގޮވާލައިފި

ކިޔުމަށް ހޭދަވާނީ 41ސ
ލަންކާގައި މުސްލިމުންނަށް އިންސާފު ހޯދާދިނުމަށް އދ. އިން ގޮވާލައިފި
ޝްރީ ލަންކާގައި މުސްލިމުންނަށް ހަމަލާ ދިން މީހުންނާއި ހަމަނުޖެހުން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އދ. އިން ލަންކާ ސަރުކާރަށް ގޮވާލައިފިއެވެ.

މިދިޔަ ހަފްތާގަައި ލަންކާގެ ކެންޑީގައި އެޤައުމުގެ ބުދިސްޓުން މުސްލިމުންނާއި ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި، އެމީހުންވަނީ އެތަކެއް މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތައް ރޯކޮށްލާފައެވެ. އެހަމަނުޖެހުންތަކުގައި ދެމީހަކު މަރުވެ އެތައްބަޔަކު ޒަޚަމްވިއެވެ.

ކެންޑީގައި ބުދިސްޓުން ހިންގި އެހަމަނުޖެހުމުގެ ސަބަބުން ބޭރަށް ނިކުމެ އުޅުން މަނާކޮށް ޝްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނު ކުރިއެވެ. ނަމަވެސް ހާލަތު ތަންކޮޅެއް ރަނގަޅު ވުމުން މިހާރު އެޤައުމުގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ އުވާލާފައެވެ.

މިއަދު އޮންލައިން