ރޯވި ފްލައިޓުން ބައަކު ސަލާމަތްކުރެވުނީ އެކަމަށް ކުރި މަސައްކަތްތަކުގެ "ހުޝިޔާރުކަމުން"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ރޯވި ފްލައިޓުން ބައަކު ސަލާމަތްކުރެވުނީ އެކަމަށް ކުރި މަސައްކަތްތަކުގެ "ހުޝިޔާރުކަމުން"
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް މިއަދު ވެއްޓި އަލިފާން ރޯވި ފްލައިޓުގައި ތިބި ފަސިންޖަރުންގެތެރެއިން ބައަކު ސަލާމަތްކުރެވުނީ އެކަމަށް ކުރެވުނު މަސައްކަތްތަކުގެ "ހުޝިޔާރު" ކަމުން ކަމަށް ނޭޕާލުން ބުނެފިއެވެ.

ނޭޕާލުން ބުނީ ބޯޓުގައި ހުޅު ހިފައި ބޮޑު ބައެއް އެނދި ކަމަށެވެ. އެހެންކަމާއިއެކުވެސް މީހުން ސަލާމަތްކުރުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް ބަލާއިރު ނޭޕާލުގެ ،33 ބަންގްލަދޭޝްގެ ،32 އަދި ޗައިނާގެ މީހަކާއި ދިވެއްސަކު ހިމެނެއެވެ. ކްރޫންނާއިއެކު ބޯޓުގައި ތިބީ ޖުމުލަ 71 މީހުންނެވެ.

ބަންގްލަދޭޝް އިން މިހާރު ވަނީ ފްލައިޓަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށް ލަފާކޮށްފައެވެ. ނަމަވެސް ޔަޤީން ކުރެވޭނީ އިތުރު ތަޙްޤީޤްތަކަށްފަހުއެވެ.

ގުޅުންހުރި ވީޑިއޯއެއް:
މިއަދު އޮންލައިން