މިނިވަން ޗެމްޕިއަންޝިޕްގެ ބ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ފެހެންދޫއަށް

ކިޔުމަށް ހޭދަވާނީ 1މ 13ސ
މިނިވަން ޗެމްޕިއަންޝިޕްގެ ބ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ފެހެންދޫއަށް
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ބ.އަތޮޅު ބުރުގައި އޭދަފުށީގެ މައްޗަށް އަވޭ ގޯލުން ކުރި ހޯދައި ފެހެންދޫއިން ބ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބ.އަތޮޅުން ބައިވެރިވެފައިވަނީ ދެ ޓީމެވެ. މިނިވަން ޗެމްޕިއަންޝިޕްގައި އަތޮޅަކުން ދެ ޓީމު ބައިވެރިވުމުން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗެވެ.

އޭދަފުށީގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު 1-3 ގެ ނަތީޖާއިން ފެހެންދޫ މޮޅުވެފައިވާއިރު، އިއްޔެ ހަވީރު ކުޅުނު މެޗުން 0-2 ގެ ނަތީޖާއިން މޮޅުވީ އޭދަފުއްޓެވެ. މި ދެ މެޗުގެ ނަތީޖާއާއެކު، އެގްރިގޭޓް ނަތީޖާއިން 3-3 އުން ދެ ޓީމު އެއްވަރުވި ނަމަވެސް ފެހެންދޫއަށް ކުރި ލިބެނީ އަވޭ ގޯލްގެ ނަތީޖާއިންނެވެ.

ފެހެންދޫއިން ބ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ލިބުމުން އެ ޓީމު ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ. ޒޯން ބުރުގައި ފެހެންދޫ ބައްދަލުކުރަން ޖެހޭނީ ރ.އަތޮޅު ޗެމްޕިއަނުންނާއި ޅ.އަތޮޅު ޗެމްޕިއަނުންނާއެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި މިދިޔަ ދެ އަހަރުގައި ވެސް ބ.އަތޮޅު ބުރުގެ ޗެމްޕިއަންކަމާއި ބ.އަތޮޅު ޗެމްޕިއަންކަން ހިމެނޭ ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޭދަފުށިންނެވެ. އެހެންވުމުން، މިއީ މިނިވަން ޗެމްޕިއަންޝިޕްގައި ޒޯން ބުރަށް ކޮލިފައިނުވެ އޭދަފުށި ކެޓި ފުރަތަމަ ފަހަރެވެ.
މިއަދު އޮންލައިން