ބުރުގާއަޅަންޖެހޭ ގޮތަށް އީރާނުން އަންހެން ޕައިލެޓުން ނެރެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ބުރުގާއަޅަންޖެހޭ ގޮތަށް އީރާނުން އަންހެން ޕައިލެޓުން ނެރެނީ
ފުރަތަމަ ފަހަރަށް އީރާނުގެ އަންހެނުން ޕައިލެޓުންގެ ގޮތުގައި މަސައްކަތަށް ނެރެން ނިންމައިފިއެވެ. ޕައިލަޓްކަން ކުރި ނަމަވެސް ޔުނިފޯމުގެ ބައެއްގެ ގޮތުގައި ބުރުގާ އަޅަންޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.

އީރާނުން އަންހެނުން ޕައިލެޓުންގެ ގޮތުގައި ނެރޭނީ އެ ޤައުމުގެ ޤައުމީ އެއާލައިނުންނެވެ. މިކަން އިއުލާނުކުރަމުން އީރާން އެއާގެ އެގްޒެކަޓިވް ޗީފްގެ މަޤާމު އަދާކުރާ ފަރްޒަނެޙް ޝަރަފްބަފި ބުނީ މިއީ އީރާނުގެ އަންހެނުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އީރާނު އެއާއަށް މުވައްޒިފުން ހޯދަން މިއަހަރު ކުރި އިއުލާނުގައި ވަނީ އަންހެން ޕައިލެޓުންގެ މަޤާމަށް ފުރުޞަތު ހުޅުވާލައިފައެވެ.
މިއަދު އޮންލައިން