ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން ޣާޒީ ސްކޫލުގައި އަދި ކަލާފާނުސްކޫލްގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ކުދިންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ބާއްވާއިފިއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކު އެތައް މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެ ކުރާއިރު އެ ކޮތަޅުތަކަކީ އެއްފަހަރު ބޭނުންކޮށްލުމަށްފަހު އުކާލެވޭ ކޮތަޅުތަކެކެވެ.މި ސެޝަންތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭގް ބޭނުން ކުރުމުގެ ބަދަލުގައި ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅު ބޭނުން ކުރުމަށް ބާރުއަޅާފައިވެއެވެ. އަދި ކޮންމެ ކުއްޖަކަށް ރީޔޫސަބަލް ކޮތަޅު ހަދިޔާ ކޮށްފައިވެއެވެ.
ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާ ގެ ދަށުން ވަރަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެވިފައިވާ ދާއިރާއެކެވެ.
"ފޮ ދި އޯޝަންސް" ގެ ނަމުގައި ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން މި ކެމްޕެއިން އެންމެ ފުރަތަމަ ލޯންޗު ކޮށްފައިވަނީ އޮކްޓޯބަރ 2016 ގައިއެވެ. މި ކެމްޕެއިނަކީ ދިގު ދެމިގެންދާ ގޮތަށް ހިންގާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރަން ދިރާގުން ޓީވީ އަދި ސޯޝަލް މީޑިއާ ކެމްޕެއިނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.
ޕްލާސްޓިކް ރަގަޅު ގޮތުގައި ނައްތާލުމުގެ ހަރަކާތްތަކުގައި އާއި ސްކޫލް ތައް މެދުވެރިކޮށް މި މެސެޖު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައްދުކޮށްދިނުމަށް ޕާލޭ މޯލްޑިވްސް އާއީ ދިރާގުން މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ޖެނުވަރީ މަހު ސާފު އުކުޅަސް ޕްރޮގްރާމް ހިންގުމަށް ދިރާގުން އެއްބާރުލުން ދީ ދިރާގު މުވައްޒަފުން މި މުހިންމު ހަރަކާތުގައި ބައިވެރިވެ ރީޔުސަބަލް ކޮތަޅު ހަދިޔާ ކޮށްފައިވެއެވެ. އަދި ކުޅުދުއްފުށީގައި އާއި ފުވައްމުލަކުގައި ޕާލޭ މޯލްޑިވްސް އާއި އެކު ސްކޫލް އެވެއަރނެސް ސެޝަން ތަކުގައި ބައިވެރިވެ ދިރާގު ރީޔުސަބަލް ކޮތަޅު ހަދިޔާ ކޮށްފައިވެއެވެ. އަދި ހަމަ މިގޮތަށް ކ. މާފުށި ސްކޫލް، އ. ރަސްދޫ ސްކޫލް، ބ. މާޅޮސް ސްކޫލް، ހއ. ކެލާ ސްކޫލް، ކ. ހުރާ ސްކޫލް، ގއ. ގެމަނަފުށި، ކޮނޑޭ، ދާންދޫ، ނިލަންދޫ ސްކޫލްގައި އަދި ހއ. ކެލާ ސްކޫލްގައި ވަނީ ސްކޫލް އެވެއަރނެސްސެޝަން ތައް މެދުވެރިކޮށް ރީޔޫސަބަލް ކޮތަޅު ހަދިޔާ ކޮށްފައިއެވެ.
ދިރާގާއި ޕާލޭ މޯލްޑިވްސް ގެ އިތުރުން މި ސެޝަންތަކުގައި ޑރ. އަޒީޒް ބައިވެރިވެ ވަޑައިގެން ޕްލާސްޓިކް ގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭ ގޮތުންވެސް މަޢުލޫމާތު ދެއްވިއެވެ.