އެއްމާބަނޑު ދެބެން ވިއްސުމަށްފަހު އަވަހަށް އިމަރޖެންސީ ރޫމަށް ގެންދަން ބުނީމާ "އޮޅުމަކުން" ތިންވަނަ ބުރިން ކުނިގޮނޑަށް އެއްލާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެއްމާބަނޑު ދެބެން ވިއްސުމަށްފަހު އަވަހަށް އިމަރޖެންސީ ރޫމަށް ގެންދަން ބުނީމާ "އޮޅުމަކުން" ތިންވަނަ ބުރިން ކުނިގޮނޑަށް އެއްލާލައިފި
އެއްމާބަނޑު ދެބެން ވިއްސުމަށްފަހު އަވަހަށް އިމަރޖެންސީ ރޫމަށް ގެންދަން ޑޮކްޓަރު ބުނީމާ "އޮޅުމަކުން" ހޮސްޕިޓަލުގެ ތިންވަނަ ބުރިން ކުނިގޮނޑަށް އެއްލައިލި މައްސަލައެއްގައި ދެކުދިންގެ ބޮޑުދައިތަ ބަންދުކޮށްފިއެވެ.

މިދިއަ ހުކުރު ދުވަހު އިންޑިއާގެ ޕަޓްނާގެ އަވަށެއް ކަމަށްވާ ބާންގޕޫރުގެ ހޮސްޕިޓަލަށް ބަނޑަށް 7 މަހުގެ އަންހެނަކު ގެންދިއައީ ލޭފައިބާތީއެވެ. ޑޮކްޓަރުން ވަނީ އޭނާގެ ހާލަށް ބަލައި ހަމަ އެދުވަހު ހަވީރު ސިޒޭރިއަން ހަދައިފައެވެ.

އޮޕަރޭޝަނަށްފަހު ކުދިންގެ ބަރުދަން ލުއިވުމާއި 7 މަހުގެ ކުދިން ކަމަށްވާތީ ޑޮކްޓަރު 2 ކުދިން ހަވާލުކުރީ އަންހެން މީހާ ގޮވައިގެން ހޮސްޕިޓަލަށް ދިއަ ކުދިންގެ ބޮޑުދައިތަ އާއިއެވެ. ހަވާލުކުރުމަށްފަހު ތިރީ ބުރީގައި ހުންނަ އިމަރޖެންސީ ރޫމަށް ގެންގޮސް އެޑްމިޓްކުރަން ބުނުމުން ފެނުނީ ކުޑަދޮރުން ކުނި ގޮނޑަށް އެއްލައިލިތަނެވެ.

މަންޒަރު ފެނުނު މީޙުން ދެ ކުދިން ސަލާމަތްކުރެވޭތޯ ދުވެދިއައިރު އެއްކުއްޖަކު ވަނީ މަރުވެފައެވެ. އަނެއް ކުއްޖާގެ ޙާލަތު ވަރަށް ސީރިއަސްއެވެ.

ފުލުހުން ބޮޑުދައިތަ އާއި ސުވާލުކުރުމުން ބުނީ އެއްލައިލީ ޑޮކްޓަރު ބުނި އެއްޗެއް ނުއެނގުމުން ކަމަށާއި ހީކުރީ ބުނީ ދެކުދިން އޮތީމަރުވެފައި ކަމަށް ކަމަށެވެ.

ފުލުހުން ގެންދަނީ ބޮޑުދައިތަ ހައްޔަރުކޮށް މައްސަލަ ތަޙްޤީޤްކުރަމުންނެވެ.
މިއަދު އޮންލައިން