ޖަޕާނުގަ 2020 ގަ ބާއްވާ އޮލިމްޕިކް ގޭމްސްގަ ހަލާލުތަކެތި ހިމެނޭ ކެއުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޖަޕާނުގަ 2020 ގަ ބާއްވާ އޮލިމްޕިކް ގޭމްސްގަ ހަލާލުތަކެތި ހިމެނޭ ކެއުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ޖަޕާނުގަ 2020 ގަ ބާއްވާ އޮލިމްޕިކް ގޭމްސްގަ ހަލާލުތަކެތި ހިމެނޭ ކެއުން ދިނުމުގެ އެއްބަސްވުމުގައި ޖަޕާނާއި މުސްލިމް ވޯލްޑް ލީގުން ސޮއިކޮށްފި އެވެ.

ޖަޕާނުގައި ހަލާލު ކާބޯތަކެއްޗަށް އަންނަނީ ޑިމާންޑް ބޮޑުވަމުންނެވެ. އެހެންކަމުން ޖަޕާނަށް އެތެރެކުރާ ކާބޯތަކެއްޗަށް ހަލާލު ސެޓުފިކެޓް ދޫކުރުމަށް ވެސް ޖަޕާނުން ވަނީ މުސްލިމް ވޯލްޑް ލީގާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޖަޕާނުން ބުނީ މިަފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ ބޭނުމަކީ 2020ގެ އޮލިމްޕިކް ގޭމްސް ބަލަން ދުނިޔޭގެ ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުން ޖަޕާނަށް ޒިޔާރަތްކުރާނެއިރު އެމީހުންނަށް ކާންދެވެނީ ހަލާލުތަކެތިކަން ކަށަވަރުކުރުން ކަމަށެވެ.

ޖަޕާނުގައި ދިރިއުޅޭ މުސްލިމުންގެ އިތުރުންވެސް ގިނަބައެއްގެ ތަރްޙީބު އަންނަނީ ހަލާލު ކާނާއަށް އިތުރުވަމުންނެވެ.
މިއަދު އޮންލައިން