18/30 ވުމަންސް ފުޓްސަލް ފިއެސްޓާ: ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
18/30 ވުމަންސް ފުޓްސަލް ފިއެސްޓާ: ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި
ކުލަބު މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު މާފަންނު ސެޓޭޑިއަމް މިނީ ދަނޑުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ޕޮލިސް ކުލަބުން ޖެހި ތިން ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. އެގޮތުން ފުރަތަމަ ލަނޑު ޕޮލިސް ކުލަބަށް ކާމިޔާބުކޮށްދިނީ ފާތިމަތު ޒާހިރާއެވެ. ޕޮލިސް ކުލަބުން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ފަދުވާ ޒާހިރު އެވެ. ޕޮލިސް ކުލަބުން ޖެހި ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕޮލިސް ކުލަބަށް ކުޅޭ ނޭޕާލްގެ ކުޅުންތެރިޔާ ސަބްރިތާ ބަންދާރިއެވެ،

18/30 ވުމަނަސް ފުޓްސަލް ފިއެސްޓާގައި ޕޮލިސް ކުލަބު ކުޅޭ ދެވަނަ މެޗުގައި މާރިޗު 24 ވަނަ ދުވަހު ހަވީރު ވާދަކުޜަނީ އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ޓީމާއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން