ޒޯން 1 ގައި ހަނިމާދޫ ބަލިކޮށް މުރައިދޫއިން ފުރަތަމަ ލެގު ކާމިޔާބުކޮށްފި
މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރުގެ ޒޯން 1 ގައި ހދ.ހަނިމާދޫ ބަލިކޮށް ހއ.މުރައިދޫއިން ފުރަަތަމަ ލެގު ކާމިޔާބުކޮށްފިއެވެ.
ޒޯން 1 ގައި ހިމެނެނީ ހއ.އަތޮޅުގެ ޗެމްޕިއަނުން މުރައިދޫއާއި ހދ.އަތޮޅުގެ ޗެމްޕިއަނުން ހަނިމާދޫއެވެ. ޒޯން 1 ގެ ބުރު ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން ދެ މެޗެއް ކުޅެ، ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބޭ ޓީމަކަށް ޒޯން ޗެމްޕިއަންކަން ލިބިގެންނެވެ.
ހަނިމާދޫގެ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މުރައިދޫ މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ. ހަނިމާދޫގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި މުރައިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސިރަތު ޢަބްދުލްއަޒީޒާއި، އިސްމާއިލް ފަތީއެވެ.
މި ދެ ޓީމު ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މުރައިދޫ ފުޓުބޯޅަ ދަނޑުގައެވެ.