ދިރާގުން މާދަމާ ރޭ ސެމްސަންގް އެސް9 އަދި އެސް9+ ވިއްކަން ފަށަނީ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ދިރާގުން މާދަމާ ރޭ ސެމްސަންގް އެސް9 އަދި އެސް9+ ވިއްކަން ފަށަނީ
ދިރާގުން ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ މޮޑެލްތައް ކަމަށްވާ އެސް9 އަދި އެސް9 ޕްލަސް މާދަމާ ރޭ ވިއްކަން ފެށުމަށް ނިންމައިފިއެވެ.

ރާއްޖެއަށް ސެމްސަންގް އެސް9 އަދި އެސް9 ޕްލަސް އިފްތިތާހު ކުރުން އޮތީ މާދަމާ ރޭ 20:00 ގައި ދިރާގުގެ ހެޑް އޮފީހުގައެވެ. އެރަސްމިއްޔާތުގައި އެ ދެ މޮޑެލްތަކުގެ ފޯނުތައް ހޯދުމަށް ޕްރީ-އޯޑަރ ކުރި ފަރާތްތަކަށް ފޯނު ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



އެސް9 އަދި އެސް9 ޕްލަސް ފޯނު ދިރާގުން ގަތުމަށް ޕްރީ އޯޑަރ ކުރުމުގެ މުއްދަތު މިއަދު ހަވީރު ހަތަރެއް ޖެހިއިރު ވަނީ ބަންދު ކޮށްފައެވެ. ދިރާގުން ބުނި ގޮތުގައި މި ދެ މޮޑެލްގެ ފޯނު ހޯދުމަށް ވަރަށް ގިނަ ފަރާތްތަކަކުން ވަނީ ޕްރީ އޯޑަރ ކޮށްފައެވެ.

ދިރާގުން ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް އަށް ޕްރީ އޯޑަރ ކުރި ފަރާތްތަކަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު ހިލޭ ފަސް ޖީބީގެ ޑޭޓާ ދޭނެ ކަމަށާއި އަދި ޕްރީ އޯޑަރ ކުރި ފަރާތްތަކަށް ސެމްސަންގް ގިއާ ސްޕޯޓްސް ވޮޗުން 30 ޕަސެންޓު ޑިސްކައުޓް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

ދިރާގުން ސެމްސަންގް ގިއާ ސްޕޯޓްސް ވޮޗް ވިއްކަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ކުރީކޮޅުގައެވެ.

މިއަދު އޮންލައިން