ދަރިންނަށް 2 އަހަރުވަންދެން ގާތުން ކިރުދިން 40 މައިންގެ އަގު ވަޒަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދަރިންނަށް 2 އަހަރުވަންދެން ގާތުން ކިރުދިން 40 މައިންގެ އަގު ވަޒަންކޮށްފި
ދަރިންނަށް 2 އަހަރުވަންދެން ގާތުން ކިރުދިން 40 މައިންގެ އަގު ވަޒަންކޮށްފިއެވެ.

ޔޫއޭއީގެ ޝާރުޖާގައި މިކަން ކުރިއަށް ގެންދިއައީ ހެލްތް މިނިސްޓްރީގެ ބެލެނިވެރިކަން އޮންނަ ސްޕްރީމް ކައުންސިލް ފޮރ ފެމިލީ އެފެއާރޒް އިން މަންމައިންގެ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެތެރެއިންނެވެ.

މިކަމަށްޓަކައި މަންމައިން ހޮވާފައިވަނީ ދަ ފްރެންޑްސް އޮފް ބްރެސްޓް ފީީޑިންގ އެސޯސިއޭޝަނުންނެވެ.

ސްޕްރީމް ކައުންސިލް ފޮރ ފެމިލީ އެފެއާރޒް އަކީ ކުދަކުދިންނާއި މައިންގެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޤައުމުގައި ދުޅަހެޔޮ ޖީލެއް އުފައްދަން މަސައްކަތްކުރާ ކައުންސިލެކެވެ. ކައުންސިލަށް ސަރުކާރުން ބޮޑު ބަޖެޓެއް ވަނީ ދީފައެވެ. އަމިއްލަ ފަރާތްތަކުގެ އެހީތެރިކަންވެސް ފޯރުކޮށްދެއެވެ.

ގާތުން ދޭ ކިރަކީ ދަރިންގެ ޞިއްހަތަށް އެންމެ ފައިދާހުރި ކާނާކަމަށްވާއިރު ދަރިންނަށް ގާތުން ކިރުދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ސްޕްރީމް ކައުންސިލް ފޮރ ފެމިލީ އެފެއާރޒް އިން ކުރިއަށް ގެންދެއެވެ.
މިއަދު އޮންލައިން