ދިރާގުން ރާއްޖެއަށް ސެމްސަންގް އެސް9 އަދި އެސް9 ޕްލަސް ތާއާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 59ސ
ދިރާގުން ރާއްޖެއަށް ސެމްސަންގް އެސް9 އަދި އެސް9 ޕްލަސް ތާއާރަފްކޮށްފި
ދިރާގުން ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ މޮޑެލްތައް ކަމަށްވާ ސެމްސަންގް އެސް9 އާއި އެސް9 ޕްލަސް ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަން ފަށައިފިއެވެ.

އެކަމާއި ގުޅިގެން ރޭ ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި، ސެމްސަންގް ގެލެކްސީ އެސް9 އާއި އެސް9 ޕްލަސް ފޯނުު ރާއްޖެއަށް ތަޢާރަފް ކޮށްދެއްވީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް އާއި ސެމްސަންގް އޭޝިއާގެ މެނޭޖިން ޑިރެކްޓަރ ހަންބޭ ޕާކް އެވެ.

ސެމްސަންގް ގެލެކްސީގެ އައު ފޯނުތައް ތަޢާރަފްކުރުމުން ޕްރީއޯޑަރ ކުރި މީހުންގެ ތެރެއިން، ފޯނު ގަތުމަށް އެންމެ ފުރަތަމަ ދިރާގު ހެޑް އޮފީހަށް ވަދެފައިވަނީ އަހުމަދު އަޝްރަފް އެެވެ. އޭނާ ގަތީ ސެމްސަންގް އެެސް9 ޕްލަސް ފޯނެކެވެ.

ރޭގެ އެރަސްމިއްޔާތުގައު ރޮބިން ވޯލް ވިދާޅުވެފައިވަނީ، ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ރާއްޖެއަށް އެންމެ ފުރަތަމަ ތަޢާރަފްކޮށް ވިއްކުމުގެ ފުރުސަތު ދިރާގު އަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިއަދު އޮންލައިން