ދަރިވަރުން މިއަހަރު ހެއްދި އަގުބޮޑު ތަރުކާރީ ކަނޑައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ދަރިވަރުން މިއަހަރު ހެއްދި އަގުބޮޑު ތަރުކާރީ ކަނޑައިފި
ޔޫއޭއީގެ އަޖްމަންގައި ހިންގާ ބްރިޓިޝް އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން މިއަހަރު ހެއްދި އަގު ބޮޑު ތަރުކާރީގެ ބާވަތްތައް ކަނޑައިފިއެވެ.

ސްކޫލްގައި ހަދާފައިވާ ގްރީން ހައުސްގައި އުފެއްދި "އޯގަނިކް" ތަރުކާރީގެ ބާވަތްތަކުން މިފަހަރު ކަނޑާފައިވަނީ ޓޮމާޓޯ އާއި ބައްޓެވެ. މި މަސައްކަތް އަމަލީ ގޮތުން ކޮށްފައިވަނީ ގްރޭޑް .5 6 ގެ ދަރިވަރުންނެވެ.

މިފަހަރު ކެނޑި 40 ކިލޯގެ ތަރުކާރީ ވިއްކާނީ އެކަމަށްޓަކައި ސްކޫލުގައި ހަދާފައިވާ ޚާއްޞަ ސްޓޯލެއްގައެވެ. މިތަކެތި ގަތުމުން އަޅައިދޭނީވެސް ތިމާވެއްޓާއި ރައްޓެހި ކޮތަޅުތަކަށެވެ. ސްކޫލްތަކުގައި މިފަދަ ހަރަކާތްތައް ހިންގަނީ ދަނޑުވެރިކަމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުުކުރުވުމަށާއި މަސައްކަތްކުރާނެ ގޮތް ދަސްކޮށްދިނުމަށެވެ.
މިއަދު އޮންލައިން