އިތުރު ޓިޝޫތަކަށް ގެއްލުން ނުދީ ސީދާ ޓިޔުމަރަށް ހަމަލާދީގެން އަރަބި ޤައުމެއްގައި ކުރި ފުރަތަމަ އުރަމަތީ ކެންސަރު އޮޕަރޭޝަން ސައުދި އަރަބިޔާގެ ކިންގ ސައުދު ޔުނިވަރސިޓީގެ ދަރިވަރުންގެ ޓީމަކުން ކޮށްފިއެވެ.
މިއޮޕަރޭޝަން ކޮށްފައިވަނީ "އިންޓްރާއިޕަރޭޓިވް އިލެކްޓްރޮން ރޭޑިއޯ ތެރަޕީ" ދީގެންނެވެ. ފުރަތަމަ ފަހަރަށް ސައުދިއަރަބިޔާގައި ކުރި މިއޮޕަރޭޝަނުގައި ފަރުވާދީފައިވަނީ ބަލީގެ ކުރީީކޮޅުގައެވެ.
އޮޕަރޭޝަން ޓީމުގައި އިސްކޮށްހުންނެވި ޕްރޮފެސަރ ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ ވިދާޅުވީ މިއީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ހޯދުނު ވަރަށް ބޮޑުކުރިއެރުމެއް ކަމަށެވެ. އަދި މިޚިދުމަތް އަރަބި އެހެން ޤައުމުތަކުގެ ޕޭޝަންޓުންނަށްވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.