ސިނަމާ ތެރެއަށް ވެއްޓުނު ފޯނުނަގަން އުޅުނު މީހެއްގެ ބޯތާށިވެ ކަރަންޓުގަ ޖެހި މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ސިނަމާ ތެރެއަށް ވެއްޓުނު ފޯނުނަގަން އުޅުނު މީހެއްގެ ބޯތާށިވެ ކަރަންޓުގަ ޖެހި މަރުވެއްޖެ
އިނގިރޭސިވިލާތުގެ ސިނަމާއަކަށް ފިލްމް ބަލަން ދިއަ މީހެއްގެ ފޯނު ވެއްޓުމުން ނަގަން އުޅުމުގެ ތެރޭގައި ބޯތާށިވެ ކަރަންޓުގައި ޖެހި މަރުވެއްޖެއެވެ.

އޭނާގެ ފޯނު ހޯދަން މަސައްކަތްކުރަނިކޮށް ބޯތާށިވީ ގޮނޑީގައި އިންނަ ފައިލާ ބައާއި ތަޅުންގަނޑާއި ދޭތެރޭގައެވެ. ގޮނޑިއަކީ ކަރަންޓުން މަސައްކަތްކުރާ ގޮނޑިއަކަށްވާތީ ބޯތާށިވިވަގުތު ބޮލަށް ކަރަންޓް އައީއެވެ.

އެނާ އާއިއެކުގައި ދިއަ ބައިވެރިޔާ އާއި ކައިރީގައި ތިބި މީހުންގެ މަސައްކަތުން ބޯ ނައްޓުވައިލެވުނުއިރު ހިތުގެ ހިނގުމަށް ވަނީ މައްސަލަޖެހިފައެވެ. މަރުވީ ކުއްލި ފަރުވާ ދިނުމަށްފަހު ހޮސްޕިޓަަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ.
މިއަދު އޮންލައިން