އުރީދޫ އިން އެސް9 އަދި އެސް9 ޕްލަސް ތައާރަފްކޮށް ޚާއްޞަ ޕްރަމޯޝަނެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
އުރީދޫ އިން އެސް9 އަދި އެސް9 ޕްލަސް ތައާރަފްކޮށް ޚާއްޞަ ޕްރަމޯޝަނެއް ފަށައިފި
ސެމްސަންގު ގެލެކްސީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ސެމްސަންގު އެސް9 އާއި އެސް9 ޕްލަސް އުރީދޫ އިން ތައާރަފްކޮށް ޚާއްޞަ ޕްރަމޯޝަނެއް ފަށައިފިއެވެ.

މިކަމަށްޓަކައި ބްރިޖް ވިއުއިން ޕްލެޓްފޯމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފޯނުތައް ތައާރަފްކޮށްދެއްވީ ސެމްސަންގް ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު މިސްޓަރ ޕާކް ޢާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާންއެވެ.



މިރަސްމިއްޔާތުގައި ޕާކު ބުނީ ސެމްސް އަކީ އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީއާއިއެކު އަބަދުވެސް އައު އުފެއްދުންތައް އުފައްދައި ބާޒާރަސް ނެރެމުން ގެންދާ ކުންފުންޏެއް ކަމަށާއި އެސް9 ސީރީޒް އިންވެސް ވަރަށް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނ ކަމަށެވެ.

މިރަސްމިއްޔާތުގައި އުރީދޫން ހާމަކުރި ގޮތުގައި 1999 ރުފިޔާގެ އަޕްފްރަންޓް ޕޭމެންޓެއް ދެއްކުމުން އުރީދޫގެ ޕޯސްޓްޕެއިންޑް ޕްލޭންގެ ދަށުން އެސް9 ސިރީޒްގެ ފޯނު އިންސްޓޯލްމެންޓަށް ދޫކުރާނެއެވެ.
މިޕްލޭންގެ ދަށުން 1 އަހަރު ދުވަހުން ފައިސާ ދައްކާ ނިންމުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އުރީދޫން ފޯން ގަތުމުން 1 އަހަރުވަންދެން ކޮންމެ މަހަކު ތިން ޖީބީ ހިލޭ ޑޭޓާ ވެސްލިބޭނެއެވެ.

މިރަސްމިއްޔާތުގައި އުރީދޫގެ ޕްރޮޑަކްޓް މެނޭޖަރު އައިމިނަތު އަމާނީ ވިދާޅުވީ އުރީދޫ އިން އިންސްޓޯލްމެއްޓަށް ދޫކުރާ އެސް9 ސީރީޒް ފޯނު ނެގުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އޮންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭ ފޯނުތައް ލިބޭނެ ކަމަށާއި ފޯނަށް ޕްރީ އޯޑާކުރުން މާދަމާ ހަމަވާނެކަމަށެވެ.

އަމާނީ ވިދާޅުވީ އުރީދޫ އިން މި ފޯނު ވިއްކަނީ ވަރަށް އަގުހެޔޮކޮށް ކަމަށާއި ވަރަށް ފުރިހަމަ ކެމެރާ އެއް ހިމެނޭ އެސް9 ފޯނާއެކު ހިލޭ ޑޭޓާ ލިބުމުން މިއީ ވަރަށް ފުރިހަމަ އޮފަރއެއްކަމަށެވެ. "މިފޯނުގެ ކެމެރާއަކީ ރޭގަނޑުގެ ވަގުތުތަކުގައާއި ދުވާލުގެ ވަގުތުތަކުގަ އެންމެ ރަނގަޅު ފެންވަރުގައި ފޮޓޯ ނަގައިލެވޭނެ ކެމެރާއެއް. ކޮންމެ ބޭފުޅަކުވެސް ބޭނުންފުޅުވާނެ މެސެޖާއިއެކު ފެންވަރު ރަނގަޅު ފޮޓޯއެއް ފޮނުވާލަން. ޙައްލު މިއޮތީ މިހާރު ލިބިފަ."

މިރަސްމިއްޔާތަށްފަހު އުރީދޫ އިން ވަނީ އާތް އަވާ ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއްވެސް އެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.

މިއަދު އޮންލައިން