މިހާރު ކުރިއަށްދާ 15 ވަނަ މައިލޯ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.
އެގޮތުން 14 އަހަރުން ދަށުގެ ޢުމުރުފުރައިގެ ފިރިހެން ޓީމު އިވެންޓު ފައިނަލުގައި މިއަދު ހަވީރު 16:00 ގައި ބައްދަލުކުރާނީ ވ. ކެޔޮދޫ ސްކޫލާއި މ. މުލަކު ސްކޫލެވެ. އަންހެން ޓީމު އިވެންޓު ފައިނަލުގައި ބައްދަލުކުރީ މީމު އަތޮޅު ތަޢުލީމީ މަރުކަޒާއި މުލަކު ސްކޫލެވެ.
16 އަހަރުން ދަށުގެ ޢުމުރުފުރައިގެ ފިރިހެން ޓީމު އިވެންޓުގައި ޢިމާދުއްދީން ސްކޫލާއި ކެޔޮދޫ ސްކޫލު ބައްދަލު ކުރާ އިރު، މި ޢުމުރުފުރައިގެ އަންހެން ޓީމު އިވެންޓުގެ ފައިނަލުގައި ބައްދަލުކުރާނީ ކެޔޮދޫ ސްކޫލާއި މަދްރަސަތުލް އިފްތިތާޙެވެ.
މީގެ އިތުރުން 19 އަހަރުން ދަށުގެ ޢުމުރުފުރައިގެ ފިރިހެން ފައިނަލުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި މާމެންދޫ ސްކޫލު ވާދަކުރާ އިރު، އަންހެން ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކުރާނީ ވިލާ އިންޓަރޭޝަނަލް ހައި ސްކޫލާއި މީމު އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމެވެ.
މި މުބާރާތުގެ ސިންގަލްސް ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މާދަމާއެވެ.