އަނބިމީހާގެ ބޮލުގަ މަރުތޭލައަކުން ޖަހާ މަރާލި އެޑިޓަރަކު 10 އަހަރަށް ޖަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
އަނބިމީހާގެ ބޮލުގަ މަރުތޭލައަކުން ޖަހާ މަރާލި އެޑިޓަރަކު 10 އަހަރަށް ޖަލަށް!
އަނބިމީހާގެ ބޮލުގައި މަރުތޭލައަކުން ޖަހާ މައިރިލި އެޑިތަރަކު 10 އަަހަަށް ޖަލަށްލުމަށް ދުބާއީ ކޯޓަކުން ޙުކުމްކޮށްފިއެވެ.

އުމުރުން 61 އަހަރުގެ މި އެޑިޓަރަކީ އިނގިރޭސިވިލާތުގެ މީހެކެވެ. އޭނާގެ އަނބިމީހާ އާއި ޒުވާބުކުރުމަށްފަހު މަރައިލީ މަރުތޭލައަކުން 2 ފަހަރު ބޮލުގައި ޖަހައިގެންނެވެ.

މިދިއަ އަހަރު ހިނގި މިހާދިސާ އާއި ގުޅިގެން ކޯޓގައި އޭނާ ބުނީ ޖެހީ ޤަޞްދުގައި މަރަން ނޫން ކަމަށެވެ. ނަމަވެސް ދައުލަތުގެ އެޓަރނީ ބުނީ އަނބިމީހާގެ ބޮލުގައި ދެފަހަރު ޖަހާފައިވާ ކަމަށާއި 2 ފަހަރު ޖެހުމުން އެކަން ބެލެވޭނީ ޤަޞްދުގައި މީހަކު މަރަން ޖެހި ޖެހުމަކަށް ކަމަށެވެ.
މިއަދު އޮންލައިން