ބޭންކް އެކައުންޓްތަކުން ވައްކަންކުރަމުންދިއަ ބައިނަލްއަޤްވާމީ ގޭންގެއް ދުބާއީ ފުލުހުން އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބޭންކް އެކައުންޓްތަކުން ވައްކަންކުރަމުންދިއަ ބައިނަލްއަޤްވާމީ ގޭންގެއް ދުބާއީ ފުލުހުން އަތުލައިގެންފި
ބޭންކް އެކައުންޓްތަކުން ވައްކަންކުރަމުންދިއަ ބައިނަލްއަޤްވާމީ ގޭންގެއް ދުބާއީ ފުލުހުން އަތުލައިގެންފި އެވެ. މިގޭންގުގައި ހިމެނޭ 25 މެންބަރުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.



ފުލުހުން ބުނީ މިގޭންގުން ތައިލަންޑާއި އޭސިއާގެ އެހެން ބައެއް ޤައުމުތަކުގެ ބޭންކް އެކައުންޓުތަކުން 12 މިލިއަން ޑޮލަރާއި ކައިރިކުރާ އަދަދަކަށް ވައްކަންކޮށްފައި ކަމަށެވެ. އަދި ދުބާއީގެ ބޭންކްތަކުން 3 މިލިއަން ޑޮލަރު ވައްކަންކޮށްފައިވާ ކަމަށެވެ.

މިގޭންގުގައި ހިމެނެނީ ތައިލަންޑުގެ 24 މީހުންނާއި ޓައިވާނުގެ މީހެކެވެ. އެކައުންޓުތަކުން ވައްކަންކުރުމަށްފަހު ގޭންގުން ފައިސާ ޖަމާކުރަމުން ގެންގޮސްފައިވަނީ އިރުމަތީ އޭސިއާގެ ޤައުމަކަށެވެ.

މިއީ ބައިނަލްއަޤްވާމީ މައްސަލައަކަށްވަތީ މައްސަލަ ބަލާނީ ބައިނަލްއަޤްވާމީ ކޯޓަކުންނެވެ.
މިއަދު އޮންލައިން