ކުއްލި ނުރައްކަލުގެ ހާލަތާ ގުޅުވައި ބަންދުކުރިމީހުންނަށް ލިބެންޖެހޭ އެއްވެސް އިނާޔަތެއް ނުދޭ - ހާލަތު އަދިވެސް ދެމިއެބައޮތް: އިމްތިޔާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅުވައި ބަންދުކުރިމީހުންނަށް ލިބެންޖެހޭ އެއްވެސް އިނާޔަތެއް ނުދޭ - ހާލަތު އަދިވެސް ދެމިއެބައޮތް: އިމްތިޔާޒް
ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅުވައި ފުލުހުން މެދުވެރިކޮށް ސަރުކާރުން ބަންދުކުރި މީހުންނަށް ލިބެންޖެހޭ އެއްވެސް އިނާޔަތެއް އަދިވެސް ލިބެމުން ނުދާ ކަމަށާއި މިކަމުން އެނގެނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމިއެބައޮތްކަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވީ ސިޔާސީ ގިނަ އަދަދެއްގެ އިސް ބޭފުޅުންތަކެއް ދޫނިދޫ ޖަލުގައި ބަންދުކުރުމަށްފަހު މިހާރު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައި ނަމަވެސް ޖަލުގައި ބައިތިއްބާ ޤައިދީންނަށް ޢާންމުކޮށް ލިބެންޖެހޭ އިނާޔަތްތައް ވެސް އެބޭފުޅުންނަށް ފޯރުކޮށްދެމުން ނުގެންދާ ކަަމަށެވެ.

އިމްތިޔާޒް ވިދާޅުވީ އެއްވެސް ކުށެއް ސާބިތުނުކޮށް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ޖަލުގައި ބަންދުކޮށްފައިވުމަކީ ވެސް ސަރުކާރުން ކުރަމުން ގެންދާ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އެ ބޮޑު އަނިޔާ އާއިއެކުވެސް ބައަކު ބަންދުކޮށް އެބައަކަށް ޤާނޫނު އަސާސީގެ ތެރެއިން ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ހައްޤުތައް ފޯރުކޮށްދެމުން ނުގެންދިއުމުން މިސަރުކާރުގެ ޚުދުމުޚުތާރުކަމާއި އަނިޔާވެރިކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށެވެ.

އިމްތިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ބަންދުކޮށްފައި ތިއްބެވި ބޭފުޅުންގެ އާއިލާތަކުން ބުނަމުން ގެންދަނީ ޢާއިލީ ބައްދަލުވުންތައް ލިބެމުން ނުދާ ކަމަށާއި ވަކީލުންނާއި ބައްދަލު ކުރުމުގައިވެސް ވަރަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ.
މިއަދު އޮންލައިން