ސްކޫލްތަކުގެ ފެންވަރު ބަލާ ޤައުމީ ނެޓްވޯކެއް އެކުލަވާލައިފި
ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ބަލާ ޤައުމީ ނެޓްވޯކެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކުލަވާލައިފިއެވެ.
މިނެޓްވޯކާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ސްކޫލްތަކުގެ ފެންވަރު ބަލާ ޤައުމީ ނެޓްވޯކްގެ ސަބަބުން ސްކޫލްތަކުގެ ކިޔަވާދިނުމުގެ ފެންވަރު ދަށަށް ނުގޮސް އަހަރުން އަހަރަށް ކުރިއެރުމަށް މަސައްކަތް ކުރެވިގެން ދާނެ ކަމަށެވެ.
ނެޝަނަލް އެސެސްމަންޓް ގެ ދާއިރާއިން މާސްޓާސް ފުރިހަމަ ކުރި 15 މުދައްރިސުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލްތަކުގެ ކިޔަވާދިނުމުގެ ފެންވަރު ބެލުމަސް ވިއުގައެއް އެކުލަވާލައި ދާއިރާއިން މުދައްރިސުން ތަމްރީން ކުރުމާއެކު ސްކޫލްތައް އެސެސްކުރުން ހަރުދަނާ ވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ހިމެނޭ ގޮތަށް މިފަދަ ނެޓްވޯކެއް އެކުލަވާލުމުން މުޅިރާއްޖޭގެ ތައުލީމީ ފެންވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.