އިންޑިއާގެ ބިހާރުގެ ސްޓޭޓްގެ އަވަށެއްގެ ބޮޑުމީހާ އާއި އޭނާގެ ދަރިފުޅު ދުއްވި ކާރަކުން ސައިކަލެއްގައި ދިއަ 2 ނޫސްވެރިންގެ ގައިގައި ޖެއްސުމަށްފަހު ފިލަން ދުއްވަނިކޮށް އަވަށުގެ ބައަކު ނުކުމެ ކާރަށް ހުރަސްއަޅައި ހުއްޓުވައި ކާރު އަންދާލައިފިއެވެ.
2 ނޫސްވެރިން ވަނީ ވަގުތުން މަރުވެފައެވެ. މިހާދިސާ ހިނގާފައިވަނީ ބޯޖްޕޫރު އަވަށުގައެވެ.
ފުލުހުން ބުނީ އަވަށު ކައުންސިލުގެ ރައިސް މުޙައްމަދު ހާރުސޫ އާއި އޭނާގެ ދަރިފުޅު ވަނީ ހައިޖާނުގަނޑުގެތެރޭގައި ފިލާފައި ކަމަށާއި ހޯދަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. މީނާގެ މައްޗަށް ޖިނާއީ އެތައް ބައިވަރު މައްސަލަތައް މިހާރުވެސް އެބަހުރިކަމަށް ފުލުހުން ބުނެއެވެ.