ޤައުމީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުދިޔުމުން، އޭނާ ޤައުމީ ޓީމުން ވަކިކޮށްފިއެވެ.
މިއަދު ބޭއްވުނު އެބައްދަލުވުމަކީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ ބޫޓާނާއި ދެކޮޅަސް ރާއްޖެ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެކެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދަގަނޑޭ ވަނީ އޭނާ ޤައުމީ ޓީމުން ވަކިކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި ޓީމުން ވަކި ކޮށްފައިވާކަން ކޯޗު އަންގާފައިވެއެވެ. އަދި އެއެންގުމަށް އޭނާ ފުރިހަމައަށް އިޚްތިރާމް ކުރާ ކަމަށް ވެސް ދަގަނޑޭ ބުންޏެވެ.
ޤައުމީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ކޯޗު ޕީޓާ ސެގަޓް އާއި ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ބައިވެރިފައިވެއެވެ.
އެބައްދަލުވުމުގައި ކޯޗު ވަނީ ދަގަނޑޭ އާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ދަގަނޑޭ ގެ "މެންޓަލް" މައްސަލައެއް އުޅޭ ކަމަށާއި އެހެންކަމުން ބޫޓާން އާއި ދެކޮޅަށް ކުޅޭ މެޗުގައި ދަގަނޑޭ ކުޅޭނެ ކަމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ކޯޗު މިހާރު ބޭނުންވަނީ ޓީމަށް 0 ދޭ ކުޅުންތެރިން ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.