އުފަންވިތާ 2 ދުވަސްތެރޭ ކުރަންޖެހުނު ހިތުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އުފަންވިތާ 2 ދުވަސްތެރޭ ކުރަންޖެހުނު ހިތުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކޮށްފި
ޔޫއޭއީގެ ފުޖޭރާގެ ހޮސްޕިޓަލެއްގައި ވިހެއި ކުއްޖަކު 2 ދުވަސްތެރޭ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ.

ޑޮކްޓަރުން ބުނީ ހިތް އުފެދިފައިވާ ގޮތުން ނޭވާލުމަށް ދަތިތަކެއް ހުރުމާއިއެކު އޮޕަރޭޝަން ކުރީ ލަސްކުރެވެން ނެތުމުން ކަމަށެވެ. އަދި ހިތުގައި ލޯވަޅެއްވެސް ހުރުމުން މައްސަލަތައް ކުރިމަތިވެފައިވާތީ އޮޕަރޭޝަން ލަސްކުރެވެން ނެތުމުން އަވަހަށް ކުރަން މަޖުބޫރުވީ ކަމަށެވެ.

އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ބުނެފައިވަނީ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި މިހާރަށް ފެންނަން ހުރި ހުރިހާ މައްސަލަތަކެއް ވަނީ ހައްލުކުރެވިފައި ކަމަށެވެ. "އޮޕަރޭޝަނަށްފަހު ވަގުތުން ވާނީ ވެންޓިލޭޓަރުންވެސް ނަގާފަ. ކުއްޖާ މިހާރު ނޭވާލަނީ އަމިއްލައަށް"

އަލްޖަލީލާ ޗިލްޑްރަންސް ހޮސްޕިޓަލުގައި ކުރި މިއޮޕަރޭޝަނަކީ ހިތުގެ އެންމެ އުދަގޫ އެއް އޮޕަރޭޝަނެވެ. "މިއީ ހައިޕޯޕްލާސްޓިކް ލެގްޓް ހަރޓް ސިންޑްރޯމް." ޑޮކްޓަރުން ބުނެފައިވެއެވެ.
މިއަދު އޮންލައިން