ވިޔަފާރި ކުރިއަރުވަން 21 ވަނަ ޤަރުނުގަ ބޭނުންވަނީ ގަދަބާރު ދެއްކުމެއް ނޫން - ޤަވާއިދު: ޗައިނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ވިޔަފާރި ކުރިއަރުވަން 21 ވަނަ ޤަރުނުގަ ބޭނުންވަނީ ގަދަބާރު ދެއްކުމެއް ނޫން - ޤަވާއިދު: ޗައިނާ
ވިޔަފާރި ކުރިއަރުވަން 21 ވަނަ ޤަރުނުގައި ބޭނުންވަނީ ގަދަބާރު ދެއްކުމެއް ނޫން ނޫން ކަމަށާއި ހަރުދަނާ ޤަވާއިދުތައް ކަމަށް ޗައިނާ އިން ބުނެފިއެވެ. ޗައިނާއިން މިމޭރުމުން ބުނެފައިވަނީ އެމެރިކާއިން ޗައިނާގެ ވިޔަފާރިތަކުގެ މައްޗަށް ގަދަބާރު ދައްކައިގެން ޗައިނާގެ ވިޔަފާރިތަކަށް ހުރަސްއަޅަން އުޅޭތީ އެކަން ކުށްވެރިކޮށެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ހުއާ ޗުންޔިންގ ވިދާޅުވީ ވިޔަފާރިއަށް ބިރު ދެއްކުމުން އަމާން ދިން ޒަމާން މާޒީވެ ހިނގައްޖެ ކަމަށެވެ. އަދި ޗައިނާ އިން އަބަދުވެސް ޤައުމުތަކާއިއެކު ވިޔަފާރި ކުރަނީ ޑަބްލިޔޫޓީއޯގެ ޤަވާއިދުތަކަށް އަމަލުކުރަމުން ގެންދިއުމާއިއެކުގައި ކަމަށެވެ. ހަމައެއާއިއެކު ޤައުމުތަކުގެ ވިޔަފާރި އާއި އިޤްޠިޞާދީ ޙާލަތަށްވެސް ބަލައިގެން ކަމަށެވެ.

ހުއާ ވިދާޅުވީ އެމެރިކާ އާއިއެކު އުފެދިފައިވާ މައްސަލަތަކަށްވެސް ޗައިނާއިން ގެންދަނީ މަޝްވަރާކުރަމުން ކަމަށެވެ. އަދި ދެ ޤައުމަށް ވެސް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ހުއާ މިމޭރުމުން ވިދާޅުވެފައިވާއިރު އަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ ހިސާބުތައް ދައްކާގޮތުން ޗައިނާގެ ސިނާއީ އުފެއްދުންތެރި ކުންފުނިތަކުން ވަނީ 16 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފައެވެ.
މިއަދު އޮންލައިން