އަޑުބަރޭ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ކިޔުމަށް ހޭދަވާނީ 28ސ
އަޑުބަރޭ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އެޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފިއެވެ.

އެކަން އޭނާ އިއުލާން ކޮށްފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓުގައެވެ.

އަޑުބަރޭ އޭނާގެ ސީނިއާ ކެރިއަރ ފަށާފައިވަނީ 2006 ވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބްގައެވެ. ނަމަވެސް 2009 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ބަދަލުވުމަށްފަހު އެކްލަބުގައި ވިދާލިއެވެ. ޤައުމީ ޓީމުން އޭނާ ޖާގަ ހޯދާފައިވަނީ 2007 ވަނަ އަހަރުގައެވެ.

ޤައުމީ ޓީމާއިއެކު މިހާތަނަށް އަޑުބަރޭ ވަނީ 52 މެޗެއް ކުޅެފައެވެ.


މިއަދު އޮންލައިން