ކޮމަންވެލްތް ގޭމްސް ކަވަރުކުރާ ނޫސްވެރިންނަށް ހަދައިގެން އޮސްޓްރޭލިއާއަށް އެތެރކުރަން އުޅުނު އިންޑިއާގެ 8 މީހަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ކޮމަންވެލްތް ގޭމްސް ކަވަރުކުރާ ނޫސްވެރިންނަށް ހަދައިގެން އޮސްޓްރޭލިއާއަށް އެތެރކުރަން އުޅުނު އިންޑިއާގެ 8 މީހަކު އަތުލައިގެންފި

ކޮމަންވެލްތް ގޭމްސް ކަވަރުކުރާ ނޫސްވެރިންނަށް ހަދައިގެން އޮސްޓްރޭލިއާއަށް އެތެރެކުރަން އުޅުނު އިންޑިއާގެ 8 މީހަކާއި އެމީހުން އެތެރެކުރަން އުޅުނު މީހާ އަތުލައިގެންފިއެވެ. 9 މީހުންނަކީވެސް އިންޑިއާގެ މީހުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މިމީހުން އޮސްޓްރޭލިއާއަށް ދަތުރުކޮށްފައިވަނީ ތައިލަންޑް މަގުންނެވެ. މިީހުންގެ އަތުގައި ހުރީ ނޫސްވެރިން ކަމުގެ ވަގު ލިޔުންތަކެކެވެ.

ފުލުހުން މިމައްސަލަ ނަގާފައިވަނީ ވަގުފާރީގެ މައްސަލައެއްގެ ގޮތުގައެވެ. 9 މީހުންނަށް ވެސް އޮސްޓްރޭލިއާގައި މަދުވެގެން 20 އަަހރު ތިބުމުގެ ފުރުޞަތު ލިބޭނެއެވެ. ނަމަވެސް ކުށްވެރިންގެ ގޮތުގައި ޖަލުގައެވެ.
މިއަދު އޮންލައިން