ތާޖްމަހަލް ބަަލަން ވެދެވޭ ވަގުތު 3 ގަޑިއިރަށް މަދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ތާޖްމަހަލް ބަަލަން ވެދެވޭ ވަގުތު 3 ގަޑިއިރަށް މަދުކޮށްފި

އަންނަ އާދިއްތަ ދުވަހުން ފެށިގެން ތާޖްމަހަލް ބަލަން ވެދެވޭ ވަގުތު 3 ގަޑިއިރަށް މަދުކޮށްފިއެވެ. މިކަމާއި ގުޅިގެން ބުނެފައިވަނީ ވަގުތު މަދުކުރަންޖެހުނީ ވަންނަ މީހުންގެ އަދަދު ގިނަވެފައި ކަންކަން ބަލަހައްޓަން ދަތިތަކެއް ހުރުމުން ކަމަށެވެ.

ހަފްތާ ބަންދުތަކުގައާއި ޗުއްޓީ ދުވަސްދުވަހު ޢާންމުގޮތެއްގައި ދުވާލަކު 50،000 މީހުން ތާޖް މަހަލް ބަލަން ވަދެއެވެ.

17 ވަނަ ޤަރުނުގެ ބިނާ ދުނިޔޭގެ 7 އަޖައިބުގެ ތެރޭގައި ހިމެނިފައިވުމުންނާއި އެއީ ސާފު ލޯބީގެ ރަމްޒަކަށްވުމަކީ ގިނަ ބައަކު ތާޖްމަހަލަށް ޒިޔާރަތް ކުރަން ޝައުޤުވެރިވާ ސަބަބެވެ.
މިއަދު އޮންލައިން