ރާއްޖޭގެ ޙާރިޖީވަޒިރު ކުވައިތުގެ ޚާރިޖީވަޒީރުގެ ނައިބާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރާއްޖޭގެ ޙާރިޖީވަޒިރު ކުވައިތުގެ ޚާރިޖީވަޒީރުގެ ނައިބާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ގޮތުގައި ކުވައިތަށް ވަޑައިގެން އުޅުއްވާ ޚާރިޖީވަޒީރު ޑރ. މުޙައްމަދު ޢާޞިމް ކުވައިތުގެ ޚާރިޖީވަޒީރުގެ ނައިބާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ދިވެހިޚާރިޖިއްޔާއިން ބުނެފައިވަނީ ޚާރިޖީވަޒީރު ޑރ. މުޙައްމަދު ޢާޞިމް ކުވައިތުގެ ޚާރިޖީވަޒީރުގެ ނައިބް ޝައިޚް ޞަބާޙް އަލްޚާލިދް އަލްޙަމާދް އަލްޞަބާޙް އާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ކުވައިތަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް ކުރިންފެށިގެން އެހީތެރިވަމުން އަންނަ ޤައުމެކެވެ. ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގެ ފަހުކޮޅު އެއާޕޯޓް ތަރައްޤީ ކުރަން ހިންގި މަޝްރޫއަށްވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ކުވައިތުންނެވެ.


މިއަދު އޮންލައިން