ޤަވާއިދަ ޚިލާފަށް ތުރުކީއަށް އެތެރެވެފަ ތިބި ރިފިޔުޖީންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓްވެ 17 މީހުން މަރުވެއްޖެއެވެ. މި ހާދިށާގައި 37 މީހަކު ވަނީ ޒަޚަމްވެފައެވެ.
ތުރުކީން ބުނެފައިވަނީ ބަސް ދަތުރުކުރީ އަފްޣާނިސްތާނުން ތުރުކީއަށް ވަގަށް އެތެރެވެފައި ތިބި ރިފިޔުޖީންތަކެއް ގޮވައިގެން ކަމަށެވެ. އަދި އެކްސިޑެންޓްވީ މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށާއި އެކްސިޑެންޓްވުމާއިއެކު ަބަހުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ބައެއް މީހުންނަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.