ރަތް ހެދުން ލާތީ 14 އަހަރުތެރޭ 11 އަންހެނުންނާ ކުޑަކުދިން ރޭޕްކޮށް މެރި މީހަކަށް މަރުގެ ޙުކުމް އިއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ރަތް ހެދުން ލާތީ 14 އަހަރުތެރޭ 11 އަންހެނުންނާ ކުޑަކުދިން ރޭޕްކޮށް މެރި މީހަކަށް މަރުގެ ޙުކުމް އިއްވައިފި
14 އަހަރުތެރޭ 11 އަންހެނުންނާ ކުޑަކުދިން ރޭޕްކޮށް މެރި މީހަކަށް މަރުގެ ޙުކުމް އިއްވައިފިއެވެ. އޭނާ ރޭޕްކޮށް މެރި މީހުންގެ ތެރޭގައި 8 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

"ޖެކް ދަ ރިޕަރ" ގެ ނަމުން މަޝްހޫރުވެފައިވާ ޗައިނާގެ އުމުރުން 54 އަހަރުގެ މީހާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް އިއްވުމުން އެކަން ވެގެންދިއައީ ގިނަ ބައަކު އުފާކުރި ކަމަކަށެވެ.

1988 ވަނަ އަހަރުން ފެށިގެން އޭނާގެ އަނިޔާވެރި އަމަލުކުރަމުން އައީ މައިގަނޑު ގޮތެއްގައި ރަތްކުލައިގެ ހެދުން ލާ އަންހެނުންނަށެވެ. އެފަދަ އަންހެނުން ފެނުމުން އެމިހުންގެ ފަހަތުން ސިއްރުން އެމީހުންގެ ގެއަށް ދެއެވެ. ފަހަތުން ވަދެ ފުރުޞަތު ލިބިއްޖެނަމަ ރޭޕްކޮށް މަރައި ހަދައެވެ. ބައެއް ފަހަރު މަރާފައިވަނީ ކަރު ބުރިކޮށްލައިގެންނެވެ.

މުސްލިމް ނޫން ޤައުމުތަކުގައި ވެސް މަރުގެ އަދަބު ދެއެވެ. އެ ފަދަ ޤައުމުތަކުގައި މަރުގެ އަދަބު ހަމަ އެކަނި މީހުން މަރާ މީހުންނަށް ދެނީ އެމީހުން ޤަބޫލުކުރާ އުޞޫލުތަކުގެތެރެއިންނެވެ. އެމީހުންގެ ޤާނޫނުތައް އެގޮތަށް ހަދާފައި ހުންނާތީއެވެ.

އެމީހުންގެ ކުރިމަތީގައި ވައްލަން ކުރުމާއި ފާހިޝް އަމަލުތައް ކުރުމަކީ މާބޮޑެތި ކުށްތަކެއް ނޫނެވެ. އެއީ އިންސާނުންގެ ތަބީޢީ ކަމެކެވެ. އެހެންކަމުން އެއީ މާބޮޑެތި ކުށްތަކެއް ނޫނެވެ.
މިއަދު އޮންލައިން