އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ފަލަސްޠީނުގެ 15 މީހުން ޝަހީދުކޮށް 1000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ. މިހަލާތައް ދީފައިވަނީ އިޒްރޭލް ޣާޒާ ބޯޑަރުގައެވެ.
ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު އިޒްރޭލާ ދެކޮޅަށް އަޑުއުފުލަން ނުކުތީ އިޒްރޭލުގެ ޓޭންކަރަކުން ދިން ހަމަލާއެއް ފަލަސްޠީނުގެ ދަނޑުވެރިއަކު މަރާލުމާއި ގުޅިގެންނެވެ. އާންމު އުޞޫލުން އިޒްރޭލުން ބުނަނީ އެމީހުންނަށް ހަމަލާދިނީ އިޒްރޭލު ސިފައިންނަށް ހަމަލާދޭން އުޅުމުން ކަމަށެވެ.
މުޒާހަރާކުރަން މިއަދު ނުކުތުމުން އިޒްރޭލުން ވަނީ ބަރު ހަތިޔާރާއި ސިނައިޕަރުން ބޭނުންކޮށްގެންވެސް ހަމަލާދީފައެވެ.
ނޫސްވެރިން ބުނެފައިވަނީ މުޒާހަރާކުރަން ފަލަސްޠީނުގެ ގިނަބައަކު ނުކުތް ނަމަވެސް ބޯޑަރު ސަރަހައްދާއި ކައިރިވީވެސް ވަރަށް މަދު އަދަދެއްގެ ބައަކު ކަމަށެވެ. އެހެންކަމާއިއެކުވެސް ލައިވް ވަޒަން ޖަހަމުން ގެންދިއަ ކަމަށެވެ.
މިއަދުގެ ހަމަލާތަކާއި ގުޅިގެން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތްކޮށްދިނުމަށް އދ ގެ ކިބައިން އެދިވަޑައިގެންފައެވެ.