އެތެއްގަ ބޮޑު ހާމުދުރު ފައްޅިއަށް ދަނިކޮށް އެތް ރުޅިގަދަވެ ހާމުދުރު ހޫރާލައި 12 މީހަކު ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އެތެއްގަ ބޮޑު ހާމުދުރު ފައްޅިއަށް ދަނިކޮށް އެތް ރުޅިގަދަވެ ހާމުދުރު ހޫރާލައި 12 މީހަކު ޒަޚަމްކޮށްލައިފި
ހުކުރު ދުވަހު ހެނދުނު އެތެއްގެ މަތީގައި ހިންދޫންގެ ދީނީ އިހްތިފާލަކަށް ބޮޑު ހާމުދުރު ދަނިކޮށް އެތް ރުޅިގަދަވެ ހާމުދުރު އެތުގެ މަތިން ހޫރާލައި 12 މީހަކު ޒަޚަމްކޮށްލައިފިއެވެ.

އެތުގެ ބުރަކަށިމަތީގައި ބަހައްޓައިގެން އުފުލި ފައްޅީގެ ބުދުވެސް އެތް ވަނީ އެއްލާލައިފައެވެ. ހާމުދުރާއި އަނިޔާލިބުނު މީހުންނަށް ގެންދަނީ ކޮޓަޔަމް މެޑިކަލް ކޮލެޖުގައި ފަރުވާ ދެމުންނެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ކެރަލާ ސްޓޭޓްގެ ސަބްރިމަލާ ޓެމްޕަލްގައެވެ. އެތުގައި ޗޭނުޖަހައި ހިފަހައްޓަމުން ދަނިކޮށް އެންމެން ފޮޅާލައި އެތް ވަނީ ޖަންގަލިތެރެއަށް ވަދެ ފިލަން މަސައްކަތްކޮށްފައެވެ. ގިނަ ބައެއްގެ މަސައްކަތުން އެތް ވަނީ ކޮންޓްރޯލްކޮށް އެމީހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން