ކުރީ ދުވަހުގެ މުޒާހަރާއަށް ބަޑިން ހަމަލާދީ ފަލަސްޠީނުގެ 16 މީހުން ޝަހީދުކުރުމުން އިތުރު ބޮޑު މުޒާހަރާއަކަށް ތައްޔާރުވާން ފަށައިފިއެވެ.
ހުކުރު ދުވަހު ދިން ހަމަލާތަކުގައި 16 މީހުން ޝަހީދު ވެފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 1400 އަސްވުރެ އިތުރުވެފައެވެ. މީގެތެރެއިން 758 މީހުން ޒަޚަމްވެފައިވަނީ ލައިވް ވަޒަން އަރައިގެންނެވެ.
އދ ގެ ސެކެޓްރީ ޖެނެރަލް މިހާރު ވަނީ އެދުވަހު ހިނގައިދިއަ ކަންތައްތަކުގެ މިނިވަން ތަޙްޤީޤެއް ކުރިއަށް ގޮވާލައިފައެވެ. ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތްކޮށްދިނުމަށް އދ އަށް ގޮވާލައްވައިފައެވެ.