އަނބިމީހާ ފިރިމީހާގެ ފޯނު ބެލުމާއި ފިރިމީހާ އަނބިމީހާގެ ފޯނު ބެލުމަކީ ޖިނާޢީ ކުށެއް ކަމަށް ސައުދިއަރަބިޔާގައި ވެސް ހަމަޖައްސައިފިއެވެ. މި ކުށުގެ އަދަބެއްގެ ގޮތުން ކަނޑައަޅާފައިވަނީ 1 އަަހަރު ދުަވަހަށް ޖަލަށްލުމާއި 500،000 ދިރުހަމާއި ހަމައަށް ޖުރުމަނާކުރުމާއި އަދި ދެ އަދަބު އެކުގައި ދިނުންވެސް ހިމެނެއެވެ.
މިއިން އަދަބެއް ދިނުމަށް ހަމަޖެހިފައިވަނީ ޕާސްވޯޑް ނުދެނީސް އެއްވެސް ގޮތަކުން ފޯނު ހުޅުވައިގެން ބަލައިފިނަމަ އެވެ.
މިހާރުވެސް ޔޫއޭއީގައި މިކަން ބަލަނީ ޖިނާޢީ ކުށެއްގެ ގޮތުގައެވެ.