"ޕަނިޝް އަ މުސްލިމް ޑޭ"- މުސްލިމުންނަށް އަނެއްކާވެސް ހުރި ބޮޑު އިމްތިޙާނަކަށް ވެގެންދާނެ

ކިޔުމަށް ހޭދަވާނީ 2މ 49ސ
"ޕަނިޝް އަ މުސްލިމް ޑޭ"- މުސްލިމުންނަށް އަނެއްކާވެސް ހުރި ބޮޑު އިމްތިޙާނަކަށް ވެގެންދާނެ
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން، ވަކިން ޚާއްސަކޮށް ދެކުނުގެ ޤައުމުތަކުގެ މީހުން، މުސްލިމުންނަށް ކުރާ ނަފްރަތެއްގެ ސަބަބުން މިހާރުވެސް އެތައް ހާސް މުސްލިމުންނެއް ދަނީ ވޭނާއި ތަކުލީފު އުފުލަމުންނެވެ.

މުސްލިމުންނަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކިއެކި ދުއްތުރާތައް ކުރަމުން ގެންދެއެވެ. އެގޮތުން މުސްލިމު އަންހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް އެމީހެއްގެ ބުރުގާ ބޭލުމާއި، ގަޔަށް އެކިކަހަލަ ނަޖިސް އެއްޗެހި އުކުމާއި އަދި މިނޫންވެސް ބޮޑެތި އަނިޔާތައް ވެސް ދެމުން ގެންދެއެވެ.

އެވަރުން ނުފުދިގެން މިހާރު ޣައިރު މުސްލިމުންގެ ބަޔަކު ދަނީ އެފަދަ ދުއްތުރާތަށް ކުރުން އިތުރު ކުރުމަށް، އެކަމަށްޓަކައި ވަކިން ޚާއްސަ ދުވަހެއް ވެސް ހެދުމަށް ތައްޔާރުވަމުންނެވެ.



"ޕަނިޝް އަ މުސްލިމް ޑޭ" ގެ ނަމުން ނަންދެވިފައިވާ މިދުވަހަކީ މިފެށޭ އޭޕްރިލް މަހުގެ 3 ވަނަ ދުވަސް ކަމުގައި ޣައިރު މުސްލިމުންގެ ތެރެއިން ބަޔަކު ވަނީ ކަނޑައަޅާފައެވެ. އަދި އެދުވަހަކީ ރަސްމީގޮތުން ބަންދު ދުވަހެއް ކަމުގައި ވެސް ހެދުމަށް އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިދުވަހާއިމެދު މީހުން ޢަމަލު ކުރުވަން މިހާރު ވެސް އިނގިރޭސިވިލާތުގައި ވަނީ ފްލަޔަރ ތަކެއް ބަހާފައެވެ. އެއެއްޗެހި ހެދި ބައެއްގެ ނަމެއް ނުޖަހާ، ހަދާފައިހުރި އެފްލަޔަރ ތަކުގައި ހުރީ އެދުވަހު މުސްލިމުންނަށް ގޯނާ ކުރުމަށް ގޮވާލާފައެވެ. އެމީހުން އޭގައި ބުނެފައިވަނީ މުސްލިމުން ވަނީ އެމީހުންނަށާއި އެމީހުން ލޯބިވާ މީހުންނަށް ގޯނާ ކޮށްފައި ކަމަށާއި އެހެންކަމުން ބަދަލު ހިފުމަށެވެ. ނަމަވެސް މިއީ ތެދެއް ނޫނެވެ.

އެފްލަޔަރތައް ހެދި ބަޔަކު، މުސްލިމުންނަށް ހަމަލާދިނުމަށް ހިތްވަރު ދިނުމަށްޓަކައި ބުނެފައިވަނީ އެދުވަހު މުސްލިމުންނަށް ކިތަންމެ ކުޑަކޮށް ވިޔަސް (އެއީ އަނގަބަހުން ގޯނާ ކޮށްގެން ވިޔަސް) ހަމަލާއެއް ދީފިނަމަ ޕޮއިންޓު ދޭނެ ކަމަށެވެ. މުސްލިމެއް ފެނިއްޖެނަމަ އެމީހެއްގެ މޫނަށް އެސިޑު އުކުމަށްވެސް ގޮވާލާފައިވެއެވެ.

އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި، އެކަން ވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެފަދަ ފްލަޔަރ ތަކެއް ދައުރުވަމުންދާ ކަމުގެ ޚަބަރު ސައުދީ ސަރުކާރަށް ލިބުމުން، އެޤައުމުންވަނީ އިނގިރޭސިވިލާތުގައި ތިބި އެޤައުމުގެ ރައްޔިތުންނާއި ހުރިހާ މުސްލިމުން ވެސް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ގޮވާލާފައެވެ.

ޣައިރު މުސްލިމުން މުސްލިމުންނަށް މިފަދަ ދުއްތުރާތައްކޮށް ލާއިންސާނީ ޢަމަލުތައް ހިންގަމުން ވެސް "ޓެރަރިސްޓު" ގެ ލަގަބު އަބަދުވެސް ދެނީ މުސްލިމުންނަށެވެ. މުސްލިމެއް އޭގެން އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރާއިރު ވެސް މުސްލިމުން ދެކެ އެވަރުގެ ބިރެއްގަނެ، އެފަދައިން އަނިޔާ ކުރާ ސަބަބެއް ނުވިސްނެއެވެ.

"ޕަނިޝް އަ މުސްލިމް ޑޭ" އާއި އިދިކޮޅަށް ބައެއް މުސްލިމު ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވަނީ "ބޭން ޕަނިޝް އަ މުސްލިމް ޑޭ" ގެ ނަމުގައި ކެންޕޭނެއް ފަށާފައެވެ. އެގޮތުން ޕާކިސްތާނުގެ މަޝްހޫރު ކޮމީޑިއަން އެއް ކަމުގައިވާ ޝާމް މެމޮން ގޮވާލާފައިވަނީ އެދުވަހު އެއްވެސް މުސްލިމަކު ފިލާ ނުތިބުމަށެވެ. ހަމަ އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން އެދުވަހު ވެސް އުޅުމަށް ޝާމް ގޮވާލާފައިވެއެވެ. ސަބަބެއް ކަމުގައި އޭނާ ބުނެފައިވަނީ، އެދުވަހު މުސްލިމުން ބިރުން އުޅެފިނަމަ، އެއީ ޣައިރު މުސްލިމުންނަށް ލިބޭ ހިތްވަރެއް ކަމަށާއި އެއިރުން މިއަހަރަށްފަހު ކޮންމެ އަހަރަކު ވެސް އޭޕްރިލް މަހުގެ 3 ވަނަ ދުވަސް އެމީހުން އެދުވަހުގެ ގޮތުގައި ފާހަގަކޮށް އެކަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.


މިއަދު އޮންލައިން