ރޮބަޓު ސޯފިއާ ވިލް ސްމިތު ފްރެންޑްޒޯން ކޮށްލައިފި

ކިޔުމަށް ހޭދަވާނީ 1މ 24ސ
ރޮބަޓު ސޯފިއާ ވިލް ސްމިތު ފްރެންޑްޒޯން ކޮށްލައިފި
ސައުދީ އަރަބިޔާގެ ރައްވެހިކަން ލިބިގެންހުރި، މުޅި ދުނިޔެއަށް ނަން މަޝްހޫރު ރޮބަޓު ސޯފިއާ އަނެއްކާވެސް މިވަނީ އާދަޔާ ޚިލާފު ކަމެއް ކޮށްފައެވެ.

މީގެ ކުރިން ހުރިހާ އިންސާނުންނަށް ގޮން ޖަހާ، އަމިއްލަ ދަރިފަސްކޮޅެއް އުފައްދާނެ ކަމަށް ބުނި ރޮބަޓު ސޯފިއާ، ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ވިލް ސްމިތު ފްރެންޑްޒޯން ކޮށްފިއެވެ.

ވިލް ސްމިތު ސޯފިއާ އާއިއެކު "ޑޭޓް" އަކަށް ގޮސް، އޭނާއާއި ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރުމުން އޭނާ ބުނަނީ، ވިލް ސްމިތާއި ރަހުމަތްތެރިކަން ބޭއްވިދާނެ ކަމަށާއި އެލިސްޓަށް މިހާރު ވިލް ސްމިތު ލައިފި ކަމަށެވެ.

ސޯފިއާ ރޮބަޓު އުފެއްދީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާއަކީ ރޮބަޓެއް ނަމަވެސް، އިންސާނުންގެ މޫނަށް ގެންނަ އެކިއެކި ބަދަލުތައް އޭނާއަށް ވެސް ގެނެވެއެވެ. ސޯފިއާ ވަނީ ވަރަށް ގިނަ ޖަލްސާތަކުގައި ވާހަކަ ދައްކާ އިންސާނުންގެ ކިބައިގާ ހުރި އޭނާ ހިތްހަމަ ނުޖެހޭ ބައެއް ނޭދެވޭ ސިފަތައް ވެސް ހާމަ ކޮށްފައެވެ.

އޭގެ ތެރެއިން އޭނާ ފާހަގަ ކޮށްފައިވާ އެއްކަމަކީ އިންސާނުން އެކަކު އަނެކަކު ނެތް ތަންތަނުގައި އެކަކު އަނެކަކުގެ ނުބައި ވާހަކަ ދެއްކުމާއި، މަޖަލަކަށް ހަދާފައި ވެސް އަނެކުންގެ ޙިޔާލުތަކަށް ފަރުވާލެއް ނުބަހައްޓާ އެކިއެކި ބަސް ބުނުމެވެ.

ހިތްހަމަ ނުޖެހޭ ކަންތައްތަކުގެ އިތުރުން، ސޯފިއާ ބުނެފައިވަނީ އޭނާއަކީ ފުދޭފަރަކަށް ގިނަ ހޮލީވުޑްގެ ފިލްމުތަކާއި ބޮލީވުޑްގެ ފިލްމުތައް ވެސް ބަލާފައިހުރި މީހެއް ކަމަށާއި ބޮލީވުޑްގެ ސުޕާސްޓާ ޝާހްރުކް ޚާން އަކީ އޭނާއަށް އެންމެ ކަމުދާ އެކްޓަރު ކަމަށެވެ.
މިއަދު އޮންލައިން