އައިއެސް އިން މަރާލި އިންޑިއާގެ 38 މީހެއްގެ ކަށިތައް އިންޑިއާ އާ ހަވާލުކޮށްފިއެވެ. އިންޑިއާގެ އާމީ މަތިންދާ ބޯޓެއްގައި ކަށިތައް އިންޑިއާއަށް ގެންދެވޭނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.
އިރާޤުގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތްކުރި 38 މީހުން އަތުލައިގަތީ 2014 ވަނަ އަހަރު މޯސުލް ހިފުމާއިއެކުގައެވެ. އިރާޤުން ބުނެފައިވަނީ މި ކަށިގަނޑުތައް ފެނިފައިވަނީ އައިއެސް އިން މެރުމަށްފަހު ފުންޏަކަށް ވަޅުލާފައިވާ ގިނަ އަދަދެއްގެ މީހުންގެތެރެއިން ކަމަށެވެ.
އެމީހުން ދެނެގެންފައިވަނީ ޢާއިލާގެ މީހުންގެ ޑީއެންއޭ ޓެސްޓްކޮށްގެންނެވެ.