މިދިއަ ހުކުރު ދުވަހު ފަލަސްޠީނުގެ 16 މީހުން ޝަހީދުކޮށް 1400 އަށްވުރެ ގިނަ މީހުންނަށް ޙަމަލާދިން މައްސަލައިގެ މިނިވަން ތަޙްޤީޤަކަށް އެމެރިކާ އިން ހުރަސް އަޅައިފި އެވެ.
މިމައްސަލައިގައި މިނިވަން ތަޙްޤީޤަކަށް އެދި އދގެ ސެކިޔުރިޓީ ކައުންސިލަށް ހުށަހެޅި މައްސަލަ އެމެރިކާއިން ވަނީ ހުއްޓުވައިފައެވެ.
މިމައްސަލައިގެ މިނިވަން ތަޙްޤީޤަކަށް އދ އާއި އީޔޫ އިންވެސް ވަނީ ގޮވާލައިފައެވެ.
ބޮޑުވަޒީރު ނަތަޔާންހޫ ވަނީ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް ބަޑިން ހަމަލާދިން ޔަހޫދީ ސިފައިންނަށް ޝުކުރު އަދާކޮށްފައެވެ.