އެއާ ފްރާންސްގެ ދަތުރުތައް މިމަހުގެ ނިޔަލަށް އިތުރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އެއާ ފްރާންސްގެ ދަތުރުތައް މިމަހުގެ ނިޔަލަށް އިތުރުކޮށްފި
މިދިއަ އަހަރު އަލަށް ރާއްޖެއަށް ފެށި އެއާ ފްރާންސްގެ ދަތުރުތައް ކުރިން ހަމަޖައްސާފައި އޮތީ މާރިޗް މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ކަމަށާއި ނަމަވެސް މިހާރު ވަނީ މިމަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިކަމަށް އެމްއޭސީއެލް އާއި ހަވާލާދި ބޭރުގެ ނޫހަކުން ބުނެފިއެވެ.

އެނޫހުގައި ބުނެފައިވަނީ ޔޫރަޕުގެ ބޮޑު އެއާލައިނަކުން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަން އުޅޭ ކަމަށް ފެތުރިފައިވާ ވާހަކައަކީ ހަޤީޤަތެއް ކަމަށް އެމްއޭސީއެލް އިން ޤަބޫލުނުކުރާ ކަމަށެވެ.

"ކޮންމެ އަހަރަކުވެސް ވިންޓަރ ސީޒަން ނިމުނީ ޔޫރަޕުގެ ބައެއް އެއާލައިންތަކުން ދަތުރުތައް ހުއްޓާލާ. އަނެއްބައި އެއާލައިންތަކުން ދަތުރުތައް މެދުކަނޑާލާ. އެއީ ޢާންމު ކަމެއް. އެއީ ސީޒަން ނިމުމުން ޔޫރަޕުން އަންނަ ފަތުރުވެރިން މަދުވާތީ ކުރާ ކަމެއް." ކަމަށް ވެސް އެމްއޭސީއެލްގެ އޮފިޝަލާއި ހަވާލާދީ އެނޫހުގައި ބުނެފައިވެއެވެ.

މިއަހަރުގެ ޖަނަވަރީ މަހަށް ބަލައިފިނަމަ ޔޫރަޕުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމާއި ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ނިޞްބަތުން މަދުވެފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މިއަދު އޮންލައިން