ނަރުދަމާ ހޮޅިތައް ގުޅާފައިވުމުން މެދުކެނޑުމެއްނެތި ނަޖިސް އެޅެމުންދާ ކޯރެއްގައި 12 ގަޑިއިރު ހޭދަކުރަންޖެހުނު ކުއްޖަކު ސަލާމަތްކޮށްފިއެވެ.
އެމެރިކާގެ ލޮސް އެންޖަލްސްގެ ނަޖިސް އެޅޭ ކޯރަށް 13 އަހަރުގެ ކުއްޖާ ވެއްޓުނީ އެހެންކުދިންނާއިއެކު ކުޅެން އުޅެނިކޮށެވެ. އެކުގައި އުޅުނު ކުދިން ސަލާމަތީ ފަރާތްތަކަށް ގުޅުމުން ރެސްކިޔުޓީމުން އައިސް ހޯދަމުން ދިއައިރު ފެނުނީ މައި ނަޖިސް ހޮޅީގެ ކޮޅާއިހިސާބުގައި ހޮޅީގައި ހިފަހައްޓައިގެން އޮއްވައެވެ.
ރެސްކިޔުޓީމުން ބުނީ ތަންކޮޅެއް ދުރަށް ދެވުނުނަމަ ހޮޅިއަށް ދަމާ ބާރުގައި ހޮޅީގެ ތެރެއަށް ދަމައިގަންނާނެ ކަމަށެވެ.