މަހެއްވަންދެން ފިރިމީހާ ކޮންމެ ދުވަހަކު ބުރަކަށިމަތީގަ ހޮސްޕިޓަލަށް އުފުލައި ސަރުކާރު ލަދުގަންނަވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މަހެއްވަންދެން ފިރިމީހާ ކޮންމެ ދުވަހަކު ބުރަކަށިމަތީގަ ހޮސްޕިޓަލަށް އުފުލައި ސަރުކާރު ލަދުގަންނަވާލައިފި
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއްކަމަށްވާ މަތޫރުގެ އަންހެނަކު އޭނާގެ ފިރިމިހާގެ ފަރުވާއަށްޓަކައި މަހެއްހައި ދުވަހު ކޮންމެ ދުވަހަކު އޭނާގެ ބުރަކަށިމަތީގައި ފިރިމީހާ ހޮސްޕިޓަލަށް އުފުލައި ސަރުކާރު ލަދުގަންނަވާލައިފިއެވެ.

އެ ސްޓޭޓްގެ ޤަވާއިދު އޮންނަ ގޮތުން ފުރޮޅުލީ ގޮނޑިއެއް ލިބޭނީ އެމީހަކީ ގޮނޑިއެއް ބޭނުންވާ މީހެއްކަމަށް ސަރުކާރުގެ ހޮސްޕިޓަލުގައި ހުންނަ ސަރުކާރުގެ ކައުންޓަރަކުން ލިޔުމެއް ދޫކުރުމުންނެވެ. ގޮނޑި ދޫކުރަނީވެސް ހަމަ އެ ހޮސްޕިޓަލުންނެވެ.



ބިމްލާ ދޭވީއަށް އޭނާގެ ފިރިމީހާގެ ޙާލަތާއި ގުޅޭ މިލިޔުން ލިބުނީ މިއަދުއެވެ. ގިނަ ބައަކު ވަނީ ބިމްލާގެ ހިތްވަރަށް ވަރަށް ބޮޑަށް ތަޢްރީފްކޮށްފައެވެ. ބިމްލާ ބުނީ ކައިވެނިކުރީ އުފުލަންޖެހުނު ކޮންމެ ތަކުލީފެއްވެސް އުފުލަން ތައްޔާރަށް ހުރެ ކަމަށާއި އޭނާ ހުރީ ފިމީހާއަށްޓަކައި ޖާނުން ޤްރްބާންވާން ވެސް ތައްޔާރަށް ކަމަށެވެ.

ބިމްލާ ބުނީ އޭނާގެ ފިރިމީހާއަކީ ޓްރަކް ދުއްވި މީހެއް ކަމަށާއި އެއިރު އުޅުނީ ފުދުންތެރި ދިރިއުޅުމެއް ކަމަށެވެ. ނަމަވެސް ފިރިމީހާގެ ފައިގެ ލޭހޮޅިތަކުގައި ކްލޮޓްތަކެއް އުފެދި މަސައްކަތް ކުރުން ހުއްޓާލަން ޖެހުމުން މިހާރު ދިރިއުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.
މިއަދު އޮންލައިން