ޗައިނާއިން އެމެރިކާއަށް ގޮމަކަށް ގޮމެއްދީ 106 އައިޓމަކުން 25% ޑިޔުޓީ ބޮޑުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޗައިނާއިން އެމެރިކާއަށް ގޮމަކަށް ގޮމެއްދީ 106 އައިޓމަކުން 25% ޑިޔުޓީ ބޮޑުކޮށްފި
އެމެރިކާއަށް ޗައިނާއިން އެތެރެކުރާ ބާވަތްތަކުގެ ޑިޔުޓީ ބޮޑުކުރުމުން ޗައިނާއަށް އެމެރިކާއިން އެތެރެކުރާ 106 ބާވަތެއްގެ މުދަލުން 25 އިންސައްތަ ޑިޔުޓީ ބޮޑުކުރަން ނިންމައިފިއެވެ.

ޗައިނާއިން ޑިޔުޓީ ބޮޑުކުރަން ނިންމި ތަކެތީގެ ތެރޭގައި އޮޓޮމޮބައިލްސް ކެމިކަލް ޕްރޮޑަކްޓްސް ސޯޔާ ބީންސް ފަދަ ގިނަ ބާވަތްތަކެއް ހިމެނެއެވެ. މިދިއަ އަހަރު ވެސް 50 ބިލިއަން ޑޮލަރުގެ މުދައު ވަނީ ޗައިނާއަށް އެމެރިކާއިން އެތެރެކޮށްފައެވެ.



ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރަން އެމެރިކާއިން ނިންމުމުން އެކަން ނުކުރުމަށް ޗައިނާއިން ވަނީ ތަކުރާރުކޮށް އެމެރިކާއަށް ގޮވާލައިފައެވެ. ވިޔަފާރީގެ ހަނގުރާމައަކަށް ދާން ބޭނުން ނުވާކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސް ޒީ ޖިންޕިން ވިދާޅުވެފައިވަނީ މި ޤަރުނަކީ ވިޔަފާރި ކުރިއަރުވަން ބާރުގެ ބޭނުންކުރާ ޒަމާނެއް ނޫން ކަމަށާއި ވިޔަފާރީގައި އޮތީ ކުރިއަށް ދާން މަސައްކަތްކުރުން ކަމަށެވެ.
މިއަދު އޮންލައިން