އުރީދޫ ނެކްސްޓް ގެ ޚިދުމަތަށް ވައިބާ

ކިޔުމަށް ހޭދަވާނީ 3މ 16ސ
އުރީދޫ ނެކްސްޓް ގެ ޚިދުމަތަށް ވައިބާ
މުހިންމު ގިނަ މައުލޫމާތުތައް ލިބޭ ގޮތަށް ތައާރަފްކޮަށްފައިވާ "އުރީދޫ ނެކްސްޓް" ގެ ޚިދުމަތަށް މިރޭ ވައިބާ ގުޅިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން "އުނިމާ ގްރޭންޑް ހޮޓެލް" ގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އުރީދޫ ނެކްސްޓް ގެ ޚިދުމަތަށް ވައިބާ ތައާރަފްކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ޚާން އެވެ.



މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޖީބު ވިދާޅުވީ ''އުރީދޫ ނެކްސްޓް އާއި އެކު، އުރީދޫ އިން ވަނީ ސުމޭކީ އިންގިލާބެއް ގެނެސް، މި ތަފާތު ޚިދުމަތް ރާއްޖޭގެ އެންމެހާ މޮބައިލް ކަސްޓަމަރުންނާއި ހަމައަށް ގެނުވަދީފައި.މި ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުން އެއްދުވަހުން އަނެއް ދުވަހަށް ގިނަވެގެންދާއިރު، އެންމެ ފަސް މަސްދުވަހުގެ ތެރޭގައި އުރީދޫ ނެކްސްޓް ވަނީ އަޅުގަނޑުމެންނާއި ކަސްޓަމަރުން އިތުރަށް ގާތްކޮށްދީފައި. އެހެންކަމުން، މިއަދު އުރީދޫ އިން ވަނީ ވައިބަރުގައި އުރީދޫ ނެކްސްޓް ތައާރަފްކޮށް، ރާއްޖޭގައި ވައިބަރ ބޭނުންކުރާ ގިނަގުނަ ބޭފުޅުންނަށް މި ފަސޭހަ ފޯރުކޮށްދީފައި." ކަމަށެވެ.



މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ހެޑް އޮފް ކަސްޓަމަރ ކެއާ، ގުލްނާޒް މާހިރު ވިދާޅުވީ "މީސް މީޑިއާ މެދުވެރިކޮށްމިހާރު އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް އަޅުގަނޑުމެންނާއި މުޚާތަބުކޮށް، ޚިދުމަތްތަކާއި ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ފަސޭހަމާއި އެކު ހޯދާ ލެވޭ. ހަމައެއާއިއެކު،އުރީދޫކަސްޓަމަރުންބޭނުންކުރަށްވާޚިދުމަތްތައްމެނޭޖްކުރުމުގައިވެސް،މިއީވަރަށް ބޮޑުފަސޭހަކަމެއްލިބިގެންދާނެޕްލެޓްފޯމްއެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނަ އައު ގޮތްގޮތަށް، އެބޭފުޅުން ބޭނުންކުރާހިތްވާ ތަފާތު ޕްލެޓްފޯމްތަކުގައި، އެބޭފުޅުންނާއި މުއާމަލާތް ކުރުމަށް. މިގޮތުން، އުރީދޫ ނެކްސްޓް މެދުވެރިކޮށް، މިހާރު ވައިބަރުގައި ވެސް ކަސްޓަމަރުންނާއި މުއާމަލާތްތައް ކުރެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." ކަމަށެވެ.

"ބައިނަލްއަޤްވާމީ މުވާސަލާތީ ދާއިރާއަށް، ސިލިކަން ވެލީގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައްއަޅުގަނޑުމެން ގެނެސްދެން. މިގޮތުން، ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ފުރިހަމަ ކޮންޓްރޯލް ދިނުމަށް، މޮބައިލް އޮޕަރޭޓަރުންނަށް އަޅުގަނޑުމެން އެހީތެރިވަން. ބޭނުންކުރާނީ ކޮން ޚިދުމަތެއްކަން، ކިހިނެއްކަން، އަދި ކޮން ވަގުތެއްގައި ކަން، ނިންމަވާނީ ކަސްޓަމަރުން. އުރީދޫ ނެކްސްޓް ވައިބަރުގައި ވެސް ތައާރަފްކޮށްގެން، ކަސްޓަމަރުންނަށް މިފަސޭހަކަން ގެނެސްދިނުމަށް އެކުންފުނިން ކުރާ މަސައްކަތަށް އަޅުގަނޑުމެން ވަރަށް އުފަލާއި އެކު އެއްބާރުލުންދެން." ފާސްޓްފޯވާޑް.އޭއައި ގެ ކޯ-ފައުންޑަރ އަދި ސީއީއޯ، އޯގީ ކ. ފަބެލާ، ވިދާޅުވިއެވެ.

ފާސްޓްފޯވާޑް.އޭއައި ގެ ކޯ-ފައުންޑަރ އަދި ސީޕީއޯ، ރޯމިއޯ އެސް. ގަނެސްކޫ، ވިދާޅުވީ "ޚިދުމަތް ހޯދުމަށް ކަސްޓަމަރުން ކުރާ ތަޖުރިބާތައް، އަޅުގަނޑުމެން މި ބަދަލުކޮށްދިނީ އެންމެ "ކްލިކް" އެއް ނުވަތަ "ސްވައިޕް" އަކަށް.އުރީދޫ ނެކްސްޓްގެ ކާމިޔާބީ އިން ދައްކުވާދެނީ، މުސްތަޤްބަލުގައި މޮބައިލް ފޯނު މެދުވެރިކޮށް ކުރާ މުއާމަލާތްތައް ކުރިއަށްދާނީ މީސްމީޑިއާގައިކަން. ފާސްޓް ފޯވާޑް އެން.އެކްސް.ޓީTMޕްލެޓްފޯމްމެދުވެރިކޮށް، މި ޚިދުމަތް ދުނިޔޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ކުންފުންޏަކަށްވެސް، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ." ކަމަށެވެ.

އުރީދޫ އިން ސުމޭކީ ދިވެހިރާއްޖެ އަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުފެއްދުންތެރި ހައްލުތައް މެދުވެރިކޮށް، ތަފާތު ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ހަމައެހެންމެ، ދިވެހިރާއްޖޭގެ އަދި ބޭރުދުނިޔޭގެވެސް ސުމޭކީ ދާއިރާގެ މާހިރުންނާއި އެކު، ކަސްޓަމަރުންގެ ހަޔާތަށް އިތުރު ފައިދާތައް ގެނެސްދިނުމަށް ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރަމުންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން